ބިލްޑް އެކްސްޕޯ، އަދި ބިލްޑާސް އެވޯޑްގެ މެއިން ސްޕޮންސަރެއްގެ ގޮތުގައި އެޗްއޭއާރްއައިއެމް

ބިލްޑް އެކްސްޕޯ--

މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) އިން ބާއްވާ ބިލްޑް އެކްސްޕޯ 2024 އަދި މޯލްޑިވްސް ނޭޝަނަލް ބިލްޑާސް އެވޯޑް 2023 ގެ މެއިން ސްޕޮންސަރެއްގެ ގޮތުގައި އެޗްއޭއާރްއައިއެމް ސޮއި ކޮށްފިއެވެ.

މި އެއްބަސްވުމުގައި މެއިން ސްޕޮންސަރެއްގެ ގޮތުގައި ސޮއި ކޮށްފައި ވަނީ އެޗްއޭއާރްއައިއެމްގެ ފަރާތުން ޗެއާމަން މުހައްމަދު އަލީ ޖަނާހެވެ. އަދި، އޮފިޝަލް އިވެންޓް އޮގަނައިޒަރެއްގެ ގޮތުގައި ސޮއި ކޮށްފައިވަނީ މީޑިއަމް އިވެންޓް އޮގަނައިޒާގެ ފަރާތުން ޑައިރެކްޓަރު ޝަމް މުހައްމަދެވެ.

ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވާ ނޭޝަނަލް ބިލްޑް އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 13،12،11 އަދި 14 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. އަދި، މޯލްޑިވްސް ނޭޝަނަލް ބިލްޑާސް އެވޯޑްސް 2023 ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަންނަ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

ބިލްޑް އެކްސްޕޯ އަދި ބިލްޑާސް އެވޯޑްސް ގެ އެއްބަސްވުމުގަިއ ސޮއިކުރުން--

މި ދެ އިވެންޓަކީ ވެސް އެމްއެންއޭސީއައިގެ ފްލެގްޝިޕް އިވެންޓުތަކެކެވެ. އަދި، މި އިވެންޓުތައް އިންތިޒާމުކޮށް ހިންގާނީ މީޑިއަމް އިވެންޓްސް ޕްރައިވެޓް ލިމިޓެޑުން ކަމަށް ވެސް އެމްއެންއޭސީއައިން ބުނެއެވެ.

އެޗްއޭއާރްއައިއެމުން ބައިވެރިވާ މި ބިލްޑް އެކްސްޕޯ ވެގެންދާނީ އިންޑަސްޓްރީގެ ގާބިލު ބޭބޭފުޅުންނާއި، އެ ވިޔަފާރީގެ ސްޓޭކްހޯލްޑަރުން އެއްތަނަކަށް އެއްވެ، ވިޔަފާރި ނެޓްވޯކިންގެ ފުރުސަތުތައް ފަހި ކޮށްދޭނޭ އިވެންޓަކަށެވެ.

ކޮންސްޓްރަކްޝަން ސިނާއަތަކީ ރާއްޖޭގެ އިގްތިސާދަށް ދެވަނައަށް އެންމެ ބޮޑަށް އެހީ ފޯރުކޮށްދޭ ސިނާއަތެވެ. އަދި، ރާއްޖޭގެ އެންމެ ބޮޑު ވޯކްފޯސްއެއް ވެސް އޮންނަ ސިނާއަތް ވެސް މެއެވެ.

ބިލްޑިން އެކްސްޕޯ އަކީ ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތަށް އަމާޒުކޮށްގެން ބާއްވާ، ސަރަހައްދީ ވިޔަފާރިތައް ތަމްސީލުކުރާ އިވެންޓެކެވެ.

ބިލްޑް އެކްސްޕޯ އަދި ބިލްޑާސް އެވޯޑްސް ގެ އެއްބަސްވުމުގަިއ ސޮއިކުރުން--

އަދި، މޯލްޑިވްސް ނޭޝަނަލް ބިލްޑާ އެވޯޑްސް އަކީ އެމްއެންއޭސީއައިން އެންމެ ރަނގަޅަށް މަސައްކަތް ކުރާ އަދި އިންޑަސްޓްރީ ކޮންޓްރިބިއުޓަރުންނަށް އިނާމު ދިނުމަށް ބާއްވާ ރަސްމިއްޔާތެކެވެ.

އަންނަ އަހަރުގެ ނޭޝަނަލް ބިލްޑް އެކްސްޕޯގައި ބައިވެރިވުމަށް ޝައުގުވެރިވާ މީހުންނަށް މިހާރު އެ ފުރުސަތު ހުޅުވާލައިފައިވާއިރު، ސްޕޮންސަރުންނާއި، އެގްޒްހިބިޓަރުންނަށް ވެސް ވަނީ ފުރުސަތު ހުޅުވާލައިފައެވެ. ޝައުުވެރިވާ ފަރާތްތަކުން އިވެންޓު އޮގަނައިޒަރުންނާ ވާހަކަދައްކާ އެ މީހުންގެ ލަފާއާ އެއްގޮތަށް ކުރިއަށް ދިއުމަށް އެމްއެންއޭސީއައިން ވަނީ ބުނެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު