އައިފޯން 15 ސީރީޒްގެ ކެމެރާއާ ބެހޭ މައުލޫމާތު ލީކުވެއްޖެ

އެޕަލްއިން ދެން ނެރެން ހަމަޖެހިފައިވާ އައިފޯން 15 ސީރީޒް ބާޒާރަށް ނެރުމުގެ ކުރިން، އެ ފޯންތަކުގެ ކެމެރާއާ ބެހޭ މައުލޫމާތު ލީކުވެއްޖެއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު އެޕަލްގެ ވޮންޑަލަސްޓް އިވެންޓުގައި އައިފޯން 15 ސީރީޒް ލޯންޗް ކުރާނެ ކަމަށް ބެލެވެއެވެ. މި ސީރީޒްގައި ހަތަރު މޮޑެލްއެއް ހިމެނޭނެ ކަމަށް ބެލެވޭ އިރު އެއީ އައިފޯން 15، އައިފޯން 15 ޕްލަސް، އައިފޯން 15 ޕްރޯ އަދި އައިފޯން 15 ޕްރޯ މެކްސް އެވެ.

އައިފޯން 15 ފޯންތަކާ ބެހޭ ތަފާތު މައުލޫމާތު ފާއިތުވި މަސްތަކުގައި ލީކުވެފައިވެއެވެ. އަދި މިހާރު އެ ފޯންތަކުގެ ކެމެރާ ސްޕެސިފިކޭޝަންތަކާ ގުޅޭ މައުލޫމާތުތަކެއް ވެސް ވަނީ އާންމުވެފައެވެ.

އެފަދަ މައުލޫމާތު އާންމުކުރާ މެކްރޫމާސްގެ ރިޕޯޓެއްގައި ވާގޮތުން، އައިފޯން 15 އާއި އައިފޯން 15 ޕްލަސްގައި 48 މެގަޕިކްސެލްގެ ޕްރައިމަރީ ރިއާ ސެންސަރަކާއެކު އެފް/1.6ގެ އެޕާޗާއެއް ހުންނާނެ ކަމަށް ބެލެވެއެވެ.

މިއީ އައިފޯން 14 އަދި އައިފޯން 14 ޕްލަސްގެ 12 މެގަޕިކްސެލްގެ މެއިން ސެންސަރާ އަޅާ ބަލާއިރު ބޮޑު ކުރިއެރުމެކެވެ. މީގެ އިތުރުން އަލްޓްރާ ވައިޑް އޭންގަލް ލެންސަކާއި އެފް/2.4 ގެ އެޕާޗާއެއް ހިމެނޭ ސެކަންޑަރީ އޭ 12 މެގަޕިކްސެލްގެ ސެންސަރެއް ވެސް ހުންނާނެ ކަމަށް ބުނެފައިވެއެވެ.

އައިފޯން 15 ޕްރޯގެ އަގު ކުރީގެ މޮޑެލްތަކަށް ވުރެ ބޮޑުވާނެ ކަމަށް ދާދި ފަހުން ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ ސްޓެއިންލެސް ސްޓީލްގެ ބަދަލުގައި އާ ޓައިޓޭނިއަމް ޗެސިސް އަކާއި އައިފޯން 15 ޕްރޯ މެކްސްގައި ޕެރިސްކޯޕް ލެންސެއް ހިމެނޭނެ ކަމަށް ބެލެވޭ ތީއެވެ. އާ ޗެސިސްގެ ސަބަބުން އައިފޯން މޮޑެލްތަކުގެ ބަރުދަން ލުއިވާނެ ކަމަށް ބެލެވެއެވެ.

އައިފޯން 15 ނެރޭ ދުވަހު, އިންޑިއާއާއި އޭޝިއާގެ އެހެން ގައުމުތަކަށްވެސް ލިބޭނެކަމަށް ބެލެވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް