ޓޫރިސްޓު ކޮޓަރިއާއި، ވިލާ ދިގުމުއްދަތަށް ދޫކުރުމާބެހޭ ގަވާއިދު އާންމުކޮށްފި

ލަކްސް ނޯތު މާލެ އެޓޯލް ރިސޯޓު --- ފޮޓޯ/ ލަކްސް ރިސޯޓްސް

ޓޫރިސްޓު ވިލާ އާއި، ކޮޓަރި ސްޓްރާޓާ އުސޫލުން ދިގުމުއްދަތަށް ދޫކުރުމާ ބެހޭ ގަވާއިދު އާންމުކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ގެޒެޓުކުރި ގަވާއިދުގައިވާ ގޮތުން އެފަދައިން ތަންތަން ކުއްޔަށް ދިނުމުގެ ކުރިން ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީކުރަން ޖެހެއެވެ. ރަޖިސްޓްރީ ކޮށްދޭނީ މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ ތަންތަނަށެވެ.

އެކަމަށް 5،000 ރުފިޔާގެ ފީއެއް ސަރުކާރަށް ދައްކަން ޖެހެއެވެ.

އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއުތަކުގެ ދަށުން ކުރާ އިމާރާތްތަކަށް ވެސް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ރިިސޯޓުތަކާއި، އިންޓަގްރޭޓެޑް ރިސޯޓުތައް ކުއްޔަށް ނަގާފައިވާ ފަރާތްތަކުގެ އިތުރުން، ސަބްލީސްކޮށްފައިވާނަމަ، ސަބްލީސްކޮށްފައިވާ ފަރާތަށް ވެސް ކުއްޔަށް ދޫކުރުމުގެ ހައްގު ލިބެއެވެ.

ރިސޯޓު އިމާރާތް ކުރަން ފެށުމުގެ ކުރިން ނުވަތަ ކުރަމުން ދާއިރު، ކުލީގެ އެއްބަސްވުން އެކުލަވާލައި، އަގެއް ނެގުމަކަށް އެ ގަވާއިދު ހުރަހެއް ނާޅައެވެ.

comment ކޮމެންޓް