19:40
އިންތިގާލީ ސުޕްރީމް ކޯޓު ދެމިއޮންނާނެ ކަމަށާއި އެ ކޯޓުގެ ފަނޑިޔާރުން ވެސް ދެމިތިއްބަވާނެ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުގެ ތަޅުދަނޑި ހަވާލު ކުރުމަށް މަދަނީ ކޯޓުން އަމުރެއް ނެރެފި އެވެ.
ސުޕްރީމް ކޯޓުގެ ތަޅުދަނޑި ހޯދުމަށް ޕީޖީ އޮފީހުން މަދަނީ ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން މިއަދު އެ ކޯޓުގައި އޮތް ޝަރީއަތުގެ މަޖިލީހުގައި އިއްވެވި ހުކުމްގައި ބުނެފައި ވަނީ އިންތިގާލީ މަރުހަލާ ނިމުނަސް، ގާނޫނު އަސާސީގެ 145 ވަނަ މާއްދާގައި ބަޔާންކުރާ ސުޕްރީމް ކޯޓު އުފެދުމާ ހަމައަށް މިހާރު އޮތް ސުޕްރީމް ކޯޓާއި އެކޯޓުގެ ފަނޑިޔާރުން ދެމިތިއްބަވާނެ ކަމާމެދު ގާނޫނީ ގޮތުން ދެބަސްވެވޭނެ ޖާގައެއް ނެތް ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ތަޅުދަނޑިއަކީ އެ ކޯޓުގެ ރުހުމަކާ ނުލައި އެއްވެސް ފަރާތަކަށް ހިފެހެއްޓޭނެ އެއްޗެއް ނޫން ކަމަށާއި އެ ކޯޓުން ބޭނުންވާ ކޮންމެ ހިނދެއްގައި ސުޕްރީމް ކޯޓުން އަންގާ ގޮތެއްގައި މަތިން ތަޅުދަނޑި ދޫކުރަންޖެހޭނެ ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.
ޕީޖީ އޮފީހުން ދައުލަތުގެ މައްޗަށް ކުރި މި ދައުވާ އަކީ ކުރެވޭނެ ދައުވާއެއް ކަމަށާއި މި މައްސަލަ ކުރިއަށް ގެންދަވަން ނިންމެވީ މި މައްސަލައިގައި އަޑުއެހުން ބޭއްވިއިރު ބަންޑާރަ ނައިބަކު ހުރުމުން މައްސަލައިގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
މަދަނީ ކޯޓުގެ މިހުކުމާ ގުޅިގެން ސަންއެފްއެމްގެ ބްރޭކިން ނިއުސް އަށް ދެއްވި އިންޓަވިއެއްގައި ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުޖުތާޒު ފަހުމީ ވިދާޅުވީ އޭނާ މިއަދު އޮފީހަށް ވަޑައިނުގަތީ އޮފީހަށް ވަޑައިގަންނަވަންވެގެން ބެއްލެވިއިރު ރައީސް އޮފީހުގެ އެގްޒެކެޓިވް ލެވެލްގެ ބޭފުޅުންކޮޅެއް ސުޕްރީމް ކޯޓު ކޮންޓްރޯލް ކުރައްވަމުން ގެންދަވާތީ މާހައުލު މާރަނގަޅު ނުވާނެ ކަމަށް ދެކެވަޑައިގެން ކަމަށެވެ.
15:20
އިންތިގާލީ ސުޕްރީމް ކޯޓު ދެމި އޮންނާނެ ކަމަށާއި އެކޯޓުގެ ފަނޑިޔާރުންވެސް ދެމި ތިއްބަވާނެ ކަމަށް ކަނޑައަޅައި އެ ކޯޓުގެ ތަޅުދަނޑި ހަވާލު ކުރުމަށް މަދަނީ ކޯޓުން އަމުރެއް ނެރެފި އެވެ.
ސުޕްރީމް ކޯޓުގެ ތަޅުދަނޑި ހޯދުމަށް ޕީޖީ އޮފީހުން މަދަނީ ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން މިއަދު މަދަނީ ކޯޓުގައި އޮތް ޝަރީއަތުގެ މަޖިލީހުގައި ހުކުމް އިއްވުމަށް މަދަނީ ކޯޓުން މިއަދު އިއްވާފައިވާ ހުކުމްގައި ބުނެފައި ވަނީ އިންތިގާލީ މަރުހަލާ ނިމުނަސް، ޤާނޫނު އަސާސީ ބުނެފައިވާ ސުޕްރީމް ކޯޓު އުފެދެންދެއް މިހާރު އޮތް ސުޕްރީމް ކޯޓާއި އެކޯޓުގެ ފަނޑިޔާރުން ދެމިތިއްބަވާނެ ކަމަށެވެ.