ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ 40 ވަނަ އަހަރީ ދުވަހާ ގުޅިގެން ގައުމީ ދާރުލް އާސާރު އިތުރަށް ތަރައްގީކޮށްދީފިއެވެ.
މިއަދު ބޭއްވި ޚާއްސަ ޓުއާއެއްގައި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނާއި، ބީއެމްއެލް ގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކާ ވަނީ ދާރުލް އާސާރު ބައްލަވާލައްވާފައެވެ.
ބީއެމްއެލް އިން ވަނީ އެތަނުގެ ކުލަ އާކޮށް ޑިސްޕްލޭ އޭރިޔާތަކުގައި އާ ތަޅުމެއް އަޅައިފައެވެ. އަދި އެތަނުގެ ޝޯކޭސްތައް ވެސް އެ ބޭންކުން ތައްޔާރުކޮށްދިނެވެ. މި ޝޯކޭސްތަކަކީ ޒަމާނީ ފެންވަރުގެ، ބައިނަލް އަގްވާމީ މިއުޒިއަމްތަކުގައި ވެސް ހުންނަ ފަދަ ޝޯކޭސްތަކެކެވެ. މި މަޝްރޫއުގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިމިފައެވެ.

ދާރުލްއާސާރު މަރާމާތުކޮށްފައި ވަނީ ބީއެމްއެލް އިން ދިން 2.1 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން --- ސަން ފޮޓޯ/ މާހިލް އާތިފް
މީގެ އިތުރުން ސްކޫލް ދަރިވަރުންނާއި ދާރުލްއާސާރަށް ޒިޔާރަތްކުރާ މީހުންނަށް ދިވެހީންގެ ތާރީޚާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަންތައް ދިނުމަށާއި، ދަރިވަރުންނަށް މައުލޫމާތު ސެޝަންތައް ހިންގުމަށް ޚާއްސަ މަލްޓިމީޑިއާ ރޫމެއްވެސް ވަނީ ގާއިމްކޮށްފައެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ބެހެއްޓުނު އޭޓީއެމްވެސް ވަނީ ދާރުލްއާސާރުގައި ބަހައްޓާފައެވެ.

ދާރުލްއާސާރު މަރާމާތުކޮށްފައި ވަނީ ބީއެމްއެލް އިން ދިން 2.1 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން --- ސަން ފޮޓޯ/ މާހިލް އާތިފް
ގައުމީ ދާރުލްއާސާރު މަރާމާތު ކުރުމުގެ މަސައްކަތް ހަވާލުކުރީ ޑައިނޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތަށް ހޭދަވެފައި ވަނީ ބީއެމްއެލްއިން ދިން 2.1 މިލިއަން ރުފިޔާގެ ހިލޭ އެހީއެވެ.

ދާރުލްއާސާރު މަރާމާތުކޮށްފައި ވަނީ ބީއެމްއެލް އިން ދިން 2.1 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން --- ސަން ފޮޓޯ/ މާހިލް އާތިފް
މާދަމާއިން ފެށިގެން، ދާރުލް އާސާރު އާމުންނަށް ހުޅުވާލާނެވެ.