އައިއޯއައިޖީ: އަންހެން ބެޑްމިންޓަން ޓީމުން ރިހި މެޑަލް ހޯދައިފި

އައިއޯއައިޖީ 2023 ގައި ރާއްޖޭގެ އަންހެން ބެޑްމިންޓަން ޓީމު ވާދަކުރަނީ -- ފޮޓޯ/ އިސްމާއިލް ތާރިގް، އެމްއޯސީ

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖޭގެ އަންހެން ބެޑްމިންޓަން ޓީމުން ރިހި މެޑަލްއެއް ހޯދައިފިއެވެ.

މަޑަގަސްކަރައިގައި ކުރިއަށްގެންދާ އެ ގޭމްސްގައި ރާއްޖޭގެ އަންހެން ބެޑްމިންޓަން ޓީމުން އިއްޔެ ނުކުތީ ރިހި މެޑަލް ހޯދާ ޓީމެއް ކަނޑައަޅާ މެޗަށެވެ. އެ މެޗުގައި ރާއްޖޭގެ ޓީމުން ރިހި މެޑަލް ޔަގީންކުރީ މަޔޮޓް ބަލިކޮށްގެންނެވެ. މިއީ ރާއްޖޭގެ އަންހެން ޓީމުން ރިހި މެޑަލް ހޯދި ފުރަތަަމަ ފަހަރެވެ.

ރާއްޖޭގެ އަންހެން ޓީމުން މަޔޮޓްއާ ދެކޮޅަށް ނުކުމެ، މޮޅުވެފައިވަނީ ސީދާ ފަސް ގޭމުންނެވެ. އެ ގޭމްތައް ރާއްޖެއަށް ހޯދައިދިނީ ފާތިމަތު ނަބާހާ އަބްދުލްރައްޒާގާއި އާމިނަތު ނަބީހާ އަބްދުލްރައްޒާގާއި އައިޝަތު ޝަހުރުނާޒު މޫސާ އަދި ޝުބާ މުހައްމަދު ޝަރީފެވެ.

ރާއްޖޭގެ އަންހެން ބެޑްމިންޓަން ޓީމުުގެ އިތުރުން ފިރިހެން ޓީމުން ވެސް ވަނީ މެޑަލްއެއް ކަށަވަރުކޮށްފައެވެ. މޮރިޝަސްއާ ދެކޮޅަށް މިއަދު ކުޅުމަށް ހަމަޖެހިފައިވާ ފައިނަލް މެޗުން ބަލިވިޔަސް، ރާއްޖެއަށް ރިހި މެޑަލްއެއް ލިބޭނެއެވެ.

ފިރިހެން ޓީމު ފައިނަލަށް ގެންގޮސްދިނުގައި އިސް ދައުރެއް އަދާކުރީ ޒަޔާން ޝަހީދު ޒަކީ އާއި އަޙްމަދު ނިބާލް އަދި މުހައްމަދު އަޖުފާން ރަޝީދެވެ.

comment ކޮމެންޓް