ޝަހީދު ޙުސައިން އާދަމްގެ ބައްޕަ ނިޔާވެއްޖެ

ޝަހީދު ޙުސައިން އާދަމްގެ ބައްޕަ އާއި މަންނަ -- ފޮޓޯ/ ނައުޝަމް ފޮޓޯޯގްރަފީ

ޝަހީދު ޙުސައިން އާދަމްގެ ބައްޕަ އާދަމް މުޙައްމަދު ނިޔާވެއްޖެއެވެ.

ހދ. ކުޅުދުއްފުށީ ކައުންސިލް މެންބަރު މުހައްމަދު ދާވޫދު "ސަން"އަށް ވިދާޅުވީ 89 އަހަރުގެ އާދަމް ނިޔާވީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.

ކުޅުދުއްފުށީގައި އަބަދު ވެސް ދިރިއުޅުއްވި، އާދަމް ނިޔާވީ އާލާސްކަންފުޅާ އުޅުއްވާތާ އަހަރުތަކެއްވީ ފަހުން ކަމަށް ދާވޫދު ވިދާޅުވިއެވެ.

އާދަމްގެ ކަށުނަމާދު އޮތީ މިރޭ އިޝާ ނަމާދަށް ފަހު، ކުޅުދުއްފުށީ މަސްޖިދުލް ހަޟާރަތުގައެވެ.

ސިފައިންގެ ޚިދުމަތުގައި އުޅެނިކޮށް، އުމުރުން 19 އަހަރުގައި ހުސައިން އާދަމް ޝަހީދުވީ ސްރީލަންކާގެ ތަމަޅަ ޓައިގަރުންނާ ބަޔަކު ނޮވެންބަރު 3, 1988ގައި ރާއްޖެ އަރައި ހިންގި އުދުވާނުގައި، ސިފައިންގެ މައި އިމާރާތު ހިމާޔަތް ކުރުމަށް ރައްދުގައި ހަމަލާ ދެމުންދަނިކޮށެވެ.

comment ކޮމެންޓް