ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފެނިފައިވާ ޑޮލަރުތަކެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، މި ޑޮލަރުތައް ފެނިފައި ވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ 18:28ކަން ހާއިރު ކަމަށެވެ.
ފުލުހުން ބުނީ އެ ޑޮލަރުތައް ފެނިފައި ވަނީ ވީއައިއޭގެ އިންޓަނޭޝަނަލް ޓާމިނަލް ކަފިހިހުރަސް ސަރަހައްދުން ކަމަށެވެ. އަދި މި ފައިސާތަކުގެ ވެރިފަރާތް ހޯދުމަށްޓަކައި ފުލުހުން މިހާތަނަށް ކުރި މަސައްކަތުން މިފައިސާގެ ވެރިފަރާތް ހޯދިފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ ފައިސާގެ ވެރިފަރާތުން، އެއާޕޯޓް ޕޮލިސްގެ ނަންބަރު 9400056 ކަށް ގުޅުމަށް ފުލުހުން ވަނީ އެދިފައެވެ.
އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު އެއާޕޯޓް ޕޮލިހަށް ހާޒިރުވެ ފައިސާއާ ހަވާލުވުމަށް ވެސް ވަނީ އެދިފައެވެ.