އެކްޓަރު ޢަލީ ފަޒަލް އަނެއްކާވެސް ތާރީޚުގެތެރެއަށް

ބޮލީވުޑްގެ ފިލްމުތަކުގެ އިތުރުން ހޮލީވުޑްގެ ބައެއް ފިލްމުތައްވެސް ކުޅެފައިވާ އެކްޓަރު އަލީ ފަޒަލްއަށް އެމެރިކާގެ ނިއުޔޯކްގެ އޮފް-ބްރޯޑްވޭ ޕްރޮޑަކްޝަންގައި އެކްޓުކުރުމުގެ ފުރުސަތު ލިބިއްޖެއެވެ.

މި ފުރުސަތާއެކު އަލީ ފަޒަލް ވެގެންދާނީ އޮފް ބްރޯޑްވޭ ސްޓޭޖްގައި އެކްޓުކޮށް ލިބިފައިވާ ހުނަރު ދައްކާލާނެ އިންޑިއާއަށް ނިސްބަތްވާ ފުރަތަމަ ފިލްމީ ތަރިއަށެވެ.

ޖުމްލަ ހަތަރު ހަފުތާއަށް އަލީ ފަޒަލްގެ ފުރަތަމަ އޮފް-ބްރޯޑްވޭގެ ޕާފޮމެންސް ހަތަރު ހަފުތާއަށް ދިގު ދެމިގެންދާއިރު އެކްޓަރު ކުޅޭ ބައިތަކުގެ ރިހާސަލް މިއަހަރުގެ އޮކްޓޯބަރ މަހުތެރޭ ފެށުމަށް ވަނީ ނިންމާފައެވެ. އޮފް ބްރޯޑްވޭއަކީ 1950ގެ އަހަރުތަކުގެތެރޭ ތަޢާރަފްވި ޕްލެޓްފޯމްއެކެވެ.

އެމެރިކާގެ ނިއުޔޯކްގެ ތަފާތު އެކި ސަރަޙައްދުތަކުގައި ގާއިމުކުރެވިފައިވާ މި ތިއޭޓަރުތައް މެދުވެރިކޮށް އެކްޓަރުންގެ އިތުރުން ޅެންވެރިންނާއި، ލަވަތަކާއެކު މިއުޒިކް ތައްޔާރުކުރާ ފަރާތްތަކަށް އެ ފަރާތްތަކުގެ ހުނަރު އާއްމުންނަށް ދައްކާލުމުގު ފުރުސަތު ހޯދައިދެއެވެ. މި އިން ކޮންމެ ތިއޭޓަރެއްގައި މަދުވެގެން 100 މީހުންނަށް އެއްފަހަރާ ތިބެވޭނެ އިންތިޒާމުވަނީ ހަމަޖެހިފައެވެ.

ހޮލީވުޑްގެ ފިލްމު "ޑެތު އޮން ދަ ނީލް" ބަތަލާ ގަލް ގަޑޮތްއާއެކު ފެނިފައިވާ އެކްޓަރު ބުނެފައިވަނީ ނިއުޔޯކްގް އޮފް-ބްރޯޑްވޭގައި ޕާފޯމްކުރުމުގެ ފުރުސަތު ލިބުމަކީ ބުނަން ނޭނގޭކަހަލަ އުފާވެރިކަމެއް ގެނުވައިދިން ކަމެއް ކަމަށެވެ. އެއީ ހުވަފެނެއް ހަގީގަތަކަށްވުން ކަހަލަ ކަމެއްގެގޮތުގައި އެކްޓަރު ވަނީ ސިފަކޮށްފައެވެ.

އަލީ ފަޒަލް އެންމެފަހުން ފެނިފައިވަނީ މި އަހަރުގެ މެއި މަހު ރިލީޒްކުރި ހޮލީވުޑް ފިލްމު "ކަންދަހާރު"އިންނެވެ. އެކްޓަރު އަލީ ފަޒަލް ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި އަހަރު ނެޓްފްލިކްސްއިން ޕްރިމިއަކުރުމަށް ނިންމާފައިވާ ފިލްމު "ހޫފިޔާ"އިންނެވެ. ބަތަލާ ތައްބޫ އަދި ވަމީކާ މުހިއްމު ރޯލްއިން ފެންނާނެ މި ފިލްމަކީ ސްޕައި ތުރިލަރ ފިލްމެކެވެ.

comment ކޮމެންޓް