ސޮނީ ފިޝިންގެ މުޅިން އާ ފިހާރައެއް މިއަދު މާލޭގައި ހުޅުވައިފިއެވެ.
ބޮޑުތަކުރުފާނު މަގު، ޝައިންޓްރީ ބިލްޑިންގެ ފުރަތަމަ ފަންގިފިލާގައި ހުޅުވި އެ ފިހާރަ ހުޅުވުމާއެކު، ސޮނީ ފިޝިންގެ ކުރީގެ އައުޓްލެޓް ވަނީ ބަންދުކޮށްފައެވެ.
އެ ފިހާރަ ހުޅުވުމަށް ފަހު، "ސަން"އާ ވާހަކަދައްކަވަމުން ސޮނީގެ ރީޓެއިލް މެނޭޖަރު މުހައްމަދު ހަމްދޫން ވިދާޅުވީ އާ ފިހާރައާ އެކު ކަސްޓަމަރުންނަށް ލިބޭނެ އެންމެ ބޮޑު ފަސޭހައަކީ، އޮޑި ދޯނިފަހަރަށާއި، މަސްވެރިންނަށް ބޭނުންވާ ހުރިހާ ސާމާނެއް އެއް ތަނަކުން ލިބުން ކަމަށެވެ.
"މިހާރު ބޮޑު ފިހާރައަކަށް ބަދަލުވީމަ، އިތުރު އައިޓަމްތަކާއެކު، އެއް ތަނަކުން ހުރިހާ އެއްޗެއް ފެންނާނެ ކަހަލަ ގޮތަކަށް [މިހާރު މިއޮތީ]" އޭނާ ވިދާޅުވިއެވެ.
ދިވެހީންގެ އިތުބާރު ހޯދާފައިވާ، ދުނިޔޭގެ މަޝްހޫރު ބްރޭންޑުތައް ކަމަށްވާ، ޝިމާނޯ، މުސްތާދް އަދި އެކިއުރޭޓްގެ އިތުރުން ވެސް ގިނަ ބްރޭންޑުތަކުގެ އުފެއްދުންތައް އެ ފިހާރައިން ލިބެން ހުންނާނެއެވެ. މީގެ އިތުރުން ޝިމާނޯ ބްރޭންޑުގެ ރީލްސްގެ އާފްޓާ ސޭލްސް ސާވިސް ވެސް މިއަދުން ފެށިގެން ލިބޭނެ ކަމަށް ހަމްދޫން ވިދާޅުވިއެވެ.
އާ ފިހާރައަށް ބަދަލުވުމާއެކު، ފިހާރަ ހުޅުވާފައި ހުންނަ ވަގުތުތައް ވެސް މިހާރު ވަނީ އިތުރުކޮށްފައެވެ. މިހާރު އެ ފިހާރަ ހުޅުވާފައި ހުންނާނީ؛
ހެނދުނު 09:00 އިން :0012 އަށް
މެންދުރު ފަހު، 13:30 އިން 18:00 އަށް
ރޭގަނޑު 20:00 އިން 22:00އަށް
މިއަދުން ފެށިގެން އެއް މަސްދުވަހުގެ މުއްދަތަށް އެ ފިޙާރައިން ވަނީ ޚާއްޞަ ޕްރޮމޯޝަނެއް ވެސް ހުޅުވާލާފަައެވެ. އެގޮތުން އެ ފިހާރައިން ލިބެން ހުރި 3000އަށް ވުރެ ގިނަ އައިޓަމުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ހޯދުމުގެ ފުރުސަތު ލިބޭނެއެވެ.