ޖަޔާ ބައްޗަންއަކީ ހީކުރާހާ ހަރުކަށި މީހެއް ނޫން: އަބިޝޭކް

ޖަޔާ ބައްޗަންއާއި ފިރިމީހާ އަމީތާބު އާއި ދަރިފުޅު އަބީޝެކްގެ އިތުރުން އައިޝްވާރިޔާ --

މީޑިއާއިން އަބަދުވެސް ވަރަށް ހަރުކަށިކަމަށް ސިފަކުރާ ކުރީގެ ބަތަލާ ޖަޔާ ބައްޗަންއަކީ ހީކުރާކަހަލަ ހަރުކަށި މީހެއް ނޫންކަމަށް ޖަޔާގެ ދަރިފުޅު އަދި އެކްޓަރު އަބިޝޭކް ބައްޗަން ބުނެފިއެވެ.

އާއްމުންގެވެސް ގިނަ ބަޔަކު ޖަޔާއަކީ ވަރަށް ނުފޫޒުގަދަ އެހާމެ ގޮތުގައި ހުންނަ ފަރާތެއްކަމަށް ސިފަކުރިނަމަވެސް ޖަޔާއަކީ ވަރަށް ލޯބި މީހެއްކަމަށާއި އާއްމުންވެސް ވަރަށް ލޯބިވާ ފަރާތެއްކަމަށް އަބިޝޭކްވަނީ ބުނެފައެވެ.

އިންޑިއާގެ މަޖިލިސްކުރާ ގޭގައި 2004ވަނަ އަހަރުން ފެށިގެން މަޖިލިސް މެމްބަރެއްގެގޮތުގައި މަސައްކަތްކުރާ ޖަޔާއަކީ އިންޑިއާގެ މީޑިއާތަކާ އެހާ ރައްޓެހި ފަރާތެއް ނޫނެވެ. މީޑިއާތަކުން ކުރާ ސުވާލުތަކަށްވެސް ވަރަށް ރުންކުރުކޮށް ޖަވާބު ދިނުމާއެކު ބައެއް ރިޕޯޓަރުން ޖަޔާ ފެންނަ ތަނަކުން ފޮޓޯ ނަގާތީވެސް އަބަދުވެސް ޖަޔާގެ ފާޑުކިޔުން ރިޕޯޓަރުންނަށް ރައްދުވެއެވެ.

މީޑިއާ ރިޕޯޓަރުންނާ ދެމެދު ދެކެވިފައިވާ ވާހަކަތަކުގެ ވީޑިއޯ ކްލިޕްތައް އިންޓަނެޓުގައި ދޭތެރެއަކުން ދައުރުވިނަމަވެސް އަބިޝޭކް ބުނެފައިވަނީ އެފަދަ ވީޑިއޯތަކެއް އަދި ނުބަލާކަމަށެވެ. އަބިޝޭކް ބުނެފައިވަނީ ބޮޑުވަމުން އައިއިރު ގިނަ ވަގުތު ހޭދަކުރެވިފައިވަނީ މަންމަ ޖަޔާއާއެކުގައި ކަމުން ޖަޔާގެ ފަރާތުން މިހާތަނަށް އެފަދަ ރުންކުރުގޮތެއް ތަޖުރިބާކުރެވިފައިނުވާކަމަށެވެ.

އަބިޝޭކްއެކޭ އެއްގޮތަށް އަންހެނުން އަދި ބަތަލާ އައިޝްވާރިޔާ ރާއިއާއި ދަރިފުޅު އަރާދިޔާއާވެސް ޖަޔާއާ ވަރަށް ގާތްގުޅުމެއް އޮންނަކަމަށް އަބިޝޭކް ބުނެފައިވެއެވެ.

ޖަޔާއަކީ، އާއިލާގެ ހުރިހާ މެމްބަރުންގެ މެދުގައިވެސް ވަރަށް މަގުބޫލު ފަރާތެއްކަމަށާއި، ކަމެއް ދިމާވެއްޖެނަމަ އެންމެ ފުރަތަމަވެސް ކޮންމެ މެމްބަރަކުވެސް ހޯދާނީ ޖަޔާކަމަށް އަބިޝޭކްވަނީ އިންޑިއާގެ ޒޫމްއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ބުނެފައެވެ. ހަމައެގޮތަށް ދަރިފުޅު އާރްދާޔާއާއި އަބިޝޭކްއާ ވަރަށް ގާތް ގުޅުމެއް އޮތްނަމަވެސް ބޮޑުކަމެއް ދިމާވެއްޖެނަމަ ދަރިފުޅުވެސް އެންމެފުރަތަމަ ހޯދާނީ މަންމަ އައިޝްވާރްޔާކަމަށް އަބިޝޭކްވަނީ ބުނެފައެވެ.

ޖަޔާ ބައްޗަން އެންމެ ފަހުން ފެނިފައިވަނީ ދާދި ފަހުން ރިލީޒްވި ފިލްމު "ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ"އިންނެވެ. މިފިލްމުގައިވެސް ޖަޔާ ކުޅެފައިވަނީ ވަރަށް ނުފޫޒުގަދަ މަންމައެއްގެ ރޯލްއެވެ.

comment ކޮމެންޓް