ލިވިން އެކްސްޕޯގައި ބީއެމްއެލް އިސްލާމިކް ހައުސިން ފައިނޭންސިންގެ ގިނަ ފުރުސަތުތަކެއް

ލިވިން އެކްސްޕޯގައި ބީއެމްއެލް އިސްލާމިކް ފައިނެންސިންގެ ގިނަ ފުރުސަތުތަކެއް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނޭ --

މި އަހަރުގެ ލިވިން އެކްސްޕޯގައި ބީއެމްއެލް އިސްލާމިކް ހައުސިން ފައިނޭސްގެ ގިނަ ފުރުސަތުތަކެއް ލިބޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުނެފިއެވެ.

މި އަހަރުގެ ލިވިން އެކްސްޕޯ ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ 3:00 ގައެވެ. އެކްސްޕޯ އޮންނާނީ މި މަހުގެ 10 އިން 12 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ 3:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

ބީއެމްއެލް އިން ބުނީ އެކްސްޕޯގައި ހުންނަ ބީއެމްއެލް އިސްލާމިކް ސްޓޯލުން ބޭންކުގެ މުވައްޒަފުންނާ ބައްދަލުކޮށް، ފައިނޭންސިން އާ ބެހޭ އެކި މައުލޫމާތު ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ.

ބީއެމްއެލް އިސްލާމިކް އިން އަންނަނީ ރާއްޖޭގައި ހޯމް ޕާޗޭސް ފައިނޭންސިން ދޫކުރާ އެންމެ ކުޑަ ރޭޓުގައި ފައިނޭންސްކޮށްދެމުންނެވެ. ބީއެމްއެލް އިސްލާމިކް ހައުސިން ފައިނޭންސިން ފަރުމާކޮށްފައިވަނީ ޝަރުއީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ދާދި ފަހުން ބީއެމްއެލް އިސްލާމިކް އިން ދޫކުރާ ހޯމް ޕާޗޭސް ފައިނޭންސިން އަށް ފައިސާ އަނބުރާ ދެއްކުމުގެ މުއްދަތުވަނީ 25 އަހަރަށް އިތުރުކޮށް، ގްރޭސް ޕީރިއަޑްވެސް 24 މަހާ ހަމަޔަށް އިތުރުކޮށްފައެވެ.

އެ ބޭންކުން ބުނީ މި ބަދަލާއެކު ގެދޮރު ގަންނަ ފަރާތްތަކަށް މވަނީ ފައިނޭންސިން އަށް ކޮލިފައިވުމުގެ ފުރުސަތު ފަހިވެފައި ކަމަށެވެ.

comment ކޮމެންޓް