ފެންވަރު ރަނގަޅު ޚިދުމަތާ އެކު ޔަލަމްލަމް ޙައްޖާއި ޢުމްރާ ގްރޫޕް

ޔަލަމްލަމް ޙައްޖާއި ޢުމްރާ ގްރޫޕުން މިއަހަރު ޑިސެންބަރު މަހު އަދި 2024 ވަނަ އަހަރު ރަމަޟާން މަހު އުމްރާއަށް ވަޑައިގަންނަވަން ބޭނުންފުޅުވާ މީހުންނަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޔަލަމްލަމް ޙައްޖާއި އުމްރާ ގްރޫޕަކީ މީހުން ޢުމްރާއަށް ގެންދިޔުމުގެ ތަޖުރިބާ ހުރި ވަރަށް ސީނިއާ ލީޑާޝިޕެއްގެ ދަށުން ހިންގާ ގްރޫޕެކެވެ. ގްރޫޕްގެ އިސްވެރިންގެ ގޮތުގައި ތިއްބެވީ މީހުން ހައްޖަށާއި އުމްރާއަށް ގެންދިޔުމުގެ 20 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިލައްވާފައިވާ ބޭފުޅުންނެވެ. އަދި ގްރޫޕްގެ އެހީތެރިންގެ ގޮތުގައިވެސް ތިއްބެވީ މީހުން އުމްރާއަށް ގެންދިޔުމުގެ ތަޖުރިބާ ލިބިލައްވާފައި ތިއްބެވި ބޭފުޅުންނެވެ.

ޔަލަމްލަމް ގްރޫޕްގެ ޑިރެކްޓަރ އިސްމާޢިލް ފަޒީލް ފާހަގަ ކުރެއްވި ގޮތުގައި ގްރޫޕްގެ އަމާޒަކީ ޒަމާނަށް ފެތޭ އިދާރީ ޚިދުމަތްތަކާ އެކު ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދޭ ކުންފުންޏެއް ގޮތުގައި ސާބިތުކަމާ އެކު ކުރިއަށް ދިޔުން ކަމަށެވެ. އެގޮތުން މާލެއިން ފުރައިގެން މައްކާއަށް ގޮސް އެނބުރި މާލެ އައުމާ ހަމައަށް އުމްރާވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި ސިއްހީ ޚިދުމަތް އޭގެ އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމުގެ ގޮތުން އަބަދުވެސް ހުރިހާ ދަތުރެއްގައިވެސް ޑޮކްޓަރުން އަދި ނަރުހުންގެ ޚިދުމަތް ލިބޭނެ ހެން ދަތުރުގެ ހުރިހާ އިންތިޒާމްތަކެއް ހަމަޖެއްސައި އެކަން ކަށަވަރު ކުރުން އެއީ ކުންފުނިން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާ ކަންތައްތައް ކަމަށް އެ ކުންފުނިން ބުންޏެވެ.

ހަމަ އެއާއެކު ޢުމްރާ ވެރިންގެ ކެއުމުގެ ކަންތައްތައް ހުރިހާ ދިގު ޢުމްރާ ދަތުރު ތަކެއްގައި ދިވެހި ޝެފުންގެ ބެލުމުގެ ދަށުން ތައްޔާރު ކުރެވޭ ދިވެހީންނާ ގުޅޭ ކެއުމަށް ހެދުމަކީ ކުންފުނީގެ އެއް މަޤްސަދު ކަމުގައި ދެކިގެން މިހާރުވެސް ޚިދުމަތް އެގޮތުގެ މަތިން ދެމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން ކުންފުނީގެ އެއް މަސްޢޫލް ވެރިޔާ އަދި ޑިރެކްޓަރު މުޙައްމަދު އަނިލް ވިދާޅުވި ގޮތުގައި ކުންފުނީގެ ފަރާތުން ޢުމްރާވެރިން ބައިތިއްބާ ހޮޓަލަކީ ރަނގަޅު ފެންވަރުގެ ތަންތަން ކަމުގައި ހެދުމަކީ އަބަދުވެސް ކުންފުނިން އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެއް ކަމަށެވެ. އަދި ހަރަމްފުޅާ ވީހާވެސް ކައިރި ހޮޓާތަކުގައި އުމްރާވެރިން ބޭތިއްބުމަށް އިސްކަންދޭކަމަށް އޭނާ ވިދާޅުވިއެވެ.

ހަރަމްފުޅާ ކައިރި ބައެއް ހޮޓާތަކަކީ މީގެ އެތައް އަހަރެއްކުރިން އިމާރާތް ކުރެވިފައި ހުރި އިމާރާތްތައް ކަމުން އެންމެ ފެންވަރު ރަނގަޅު ހޮޓާތަކެއް ކުޑަ އަގެއްގައި ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އެންމެ ފެންވަރު ރަނގަޅު ހޮޓާތަކުގައި ތިބެވޭނެ އިންތިޒާމް ހަމަޖައްސާކަމުގައި ވަނީނަމަ މީހުންގެއަތުން ނަގަން ޖެހޭ އަގު ބޮޑުވާ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެ ކަންތައްތަކަށް ރިއާޔަތްކޮށް އަގުގެ ކުޑަ ތަފާތެއް ހުރި ކަމަށް ވީނަމަވެސް މީހުންނަށް ހިފަން ފަސޭހަ އަގެއްގައި ފެންވަރު ރަނގަޅު ހޮޓާތަކުގައި އަދި ހަރަމްފުޅާ ކައިރި ހޮޓާތަކުގައި ޢުމްރާވެރިން ބޭތިއްބުމަށް އިސްކަން ދޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަގުން ފެންނަ ތަފާތަކީ އެއީ ކަމުގައި އަނިލް ފާހަގަ ކުރެއްވިއެވެ.

"ހަރަމްފުޅާއި ކައިރި ގިނަ ހޮޓާތަކުގައި މި ހުންނަނީ ތިން ލިފްޓު ނުވަތަ ހަތަރު ލިފްޓު. ބައެއް ތަންތަނުގަ އެބަހުރޭ ދެ ލިފްޓުވެސް. އޭގެ ސަބަބުން އެބަ ލިފްޓު ބޭނުން ކުރުމުގައި ދަތިތަކެއް ކުރިމަތިވޭ. 10 ލިފްޓު 18 ލިފްޓު ހުންނަ ހޮޓާތައްވެސް ހުރޭ އެކަމަކު އެ ހޮޓާތަކުގެ އަގު ބޮޑު އަދި ގިނަ ހޮޓާތައް ހުންނަނީ ހަރަމްފުޅާ ފުދޭ ވަރަކަށް ދުރުގަ. އެހެންކަމުން އަޅުގަނޑުމެން ޢުމްރާވެރިން ތިބޭ ހޮޓާ ނެގުމުގައި މި ދެންނެވި ހުރިހާ ކަމަކަށް ބަލާ ދިވެހިންނަށް ފަސޭހައިން ޢުމްރާގެ އަޅުކަން އަދާކުރެވޭނެ ފެންވަރު ރަނގަޅު ހިދުމަތް މިދަނީ މިގްރޫޕްގެ ފަރާތުން ދެމުން،" ޔަލަމްލަމް ކުންފުނީގެ ޑިރެކްޓަރު މުޙައްމަދު އަނިލް ވިދާޅުވިއެވެ.

މި އަހަރުގެ ޑިސެންބަރު މަހު އަދި 2024 ވަނަ އަހަރު ރަމަޟާން މަހު ޔަލަމްލަމް ހައްޖާއި އުމްރާ ޖަމާއަތުގެ ފަރާތުން ޢުމްރާއަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ބޭފުޅުން ރަޖިސްޓްރީ ކުރެއްވުމަށް 9115717 ނަންބަރު ފޯނަށް ގުޅުއްވުމުން އެކަން ހަމަޖެހޭނެ ކަމުގައި އެކުންފުނީގެ ފަރާތުން މަޢުލޫމާތު ދެއެވެ.

ޔަލަމްލަމް އޮފީސް ހުންނާނީ މ. މިސުރުގަނދަކޯޅިގޭ ތިރީބައިގައެވެ. ހުޅުވިފައި ހުންނާނީ ހުކުރު ދުވަހުގެ ރޭ ފިޔަވައި ކޮންމެ ރެއަކު ވެސް 20:30 އިން ފެށިގެން 22.00 އަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް