ޓޭލާގެ ފޭނުން ބިންގަނޑު ގުޑުވާލައިފި

ޓޭލާ ސިއޭޓަލްގައި ޕަފޯމް ކުރަނީ -- ފޮޓޯ : ޕީޕަލް މެގަޒިން

މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް ކޮންސާޓަށް ދިޔަ ފޭނުންތަކެއް ސަރަހައްދުގެ ބިންގަނޑު ގުޑުވާލައިފިއެވެ.

ޓޭލާ މިހާުރު ކުރިއަށް ގެންދާ "އެރާސް" ޓުއާ އަންނަނީ އެކި ކަހަލަ ރެކޯޑުތައް މުގުރަމުންނެވެ. އެގޮތުން އެންމެ ފަހުން މިވަނީ އެހެން ކަހަލަ ރެކޯޑެއް މުގުރާލާފައެވެ.

އެރާސް ޓުއާގެ ތެރެއިން ސިއެޓަލްގައި ކުރިއަށްދާ ޝޯތަކުން ލޫމެން ފީލްޑްގައި ބޭއްވި ޝޯއެއްގައި ޓޭލާގެ ފޭނުން ވަނީ ވަރަށް ގަދައަށް ފުއްމައި ނަށާފައެވެ. ނަތީޖާއެއްގެ ގޮތުން ބިންގަނޑު ވަރަށް ގަދައަށް ގުޑާފައިވެއެވެ.

އެމެރިކާގެ ސައިޒްމޯލޮޖިސްޓެއް ކަމަށްވާ ޖެކީ ކެޕްލަން އޯޯބާކް ބުނާގޮތުގައި ޓޭލާގެ ޓުއާގެ ތެރެއިން ފޭނުން ފުއްމާ ހެދުމުގެ ސަބަބުން ސައިޒްމިކް އެކްޓިވިޓީއެއް އުފެދިފައިވާ ކަމަށެވެ. އަދި އެ އެކްޓިވިޓީއަކީ 2.3 މެގްނިޓިއުޑްގެ ބިންހެލުމަކާ އެއްވަރު ގުޑުމެއް ކަމަށް ވެސް ޖެކީ ފާހަގަކޮށްފައިވެއެވެ.

ފޭނުންގެ މެދުގައި މިހާ ބޮޑު މަޖާ ކަމެއް އުފެދިފައިވަނީ ޓޭލާ އެ ޝޯގެ ތެރޭގައި އޭނާގެ ސެޓްލިސްޓުން ސަޕްރައިޒް ލަވައެއް އަލަށް ކިޔުމުންނެވެ. މިއީ ޓޭލާގެ އެހެން ޝޯއެއްގެ ތެރޭގައި ކިޔާފައިވާ ލަވައެއް ނޫން ކަމަށް ވެސް މައުލޫމާތު ލިބެއެވެ. ނަތީޖާއެއްގެ ގޮތުން ފޭނުން ކެކިގަތީއެވެ. މި މަޖާގަނޑު ކުރިއަށް އޮތް 26 ވަރަކަށް މިނެޓަށް ދެމިގެން ދިޔައެވެ. ބިން ގުޑުމުގެ މައުލޫމާތު ވަނީ ޖެކީ ރެކޯޑު ކޮށްފައެވެ.

މި ބިން ގުޑުމުގެ އިހުސާސް ވަނީ ޓޭލާއަށް ވެސް ކުރެވިފައެވެ. އެކަމާ ގުޅިގެން ޓޭލާ ވަނީ އޭނާގެ ފޭނުންނަށް ތަރުހީބު ދީފައެވެ. އަދި ފޭނުންގެ ފަރާތުން ޓޭލާއަށް ދިން ލޯތްބަށް ވަރަށް ބޮޑަށް ޝުކުރުވެރި ވާ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު