ވަޓްސްއެޕްއިން ވީޑިއޯ މެސެޖް ފީޗާ ތައާރަފުކޮށްފި

ވަޓްސްއެޕްއިން ވަނީ ވީޑިއޯ މެސެޖު ފީޗާ ތައާރަފުކޮށްފަ --

ގިނަބައެއްގެ މެދުގައި މަގުބޫލު މެސެޖިން އެޕް، ވަޓްސްއެޕުން އެންޑްރޮއިޑް އާއި އައިއޯއެސްއަށް ޝޯޓް ވީޑިއޯ މެސެޖް ފީޗާ ތައާރަފުކޮށްފިއެވެ.

ވަޓްސްއެޕުން ވަނީ ކުރު ވީޑިއޯ މެސެޖުތައް ފޮނުވޭނެ އާ ފީޗާއެއް އެ އެޕްލިކޭޝަނަށް އިތުރުކޮށްފައެވެ.

ކުރިންވެސް އިންސްޓަންޓް އޯޑިއޯ ނުވަތަ ޓެކްސްޓް މެސެޖުގެ އެހީގައި ރިޕްލައި ކުރެވޭއިރު، އާ ފީޗާ މެދުވެރިކޮށް މިހާރު ކުރު ވީޑިއޯތައް ރެކޯޑްކޮށް ޓެކްސްޓް މެސެޖުތަކުގެ ބަދަލުގައި ފޮނުވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

މި ވީޑިއޯ މެސެޖުތައް ވާންޖެހޭނީ ގިނަވެގެން 60 ސިކުންތުގެ މެސެޖްތަކަށެވެ.

އެ ކުންފުނިން ބުނަނީ މި މެސެޖުތަކަކީ އެންޑް ޓު އެންޑް އެންކްރިޕްޓެޑް މެސެޖްތަކެއް ކަމަށެވެ. މި ފީޗާ ބޭނުން ކުރުމުގެ ފުރުސަތު މީހުންނަށް ދޭން ފަށާފައިވާއިރު، ވަރަށް އަވަހަށް ދުނިޔޭގެ ހުރިހާ ކަސްޓަމަރުންނަށް ވެސް މި ފީޗާ ލިބޭނެކަމަށް ވަޓްސްއެޕްއިން ބުނެއެވެ.

މެޓާގެ ސީއީއޯ މާކް ޒަކަބާގް ވަނީ އާ އަޕްޑޭޓް ހާމަކުރުމަށް ފޭސްބުކްގައި ޕޯސްޓެއް ހިއްސާކޮށްފައެވެ. ކުރު ވީޑިއޯއެއްގެ އެހީގައި އޭނާ ވަނީ އާ ފީޗާ ވަޓްސްއެޕްގައި މަސައްކަތް ކުރާނެ ގޮތް ކިޔައިދީފައެވެ.

ވީޑިއޯއިން ފެންނަ ފަދައިން މި ފީޗާ ބޭނުންކުރުމަކީ މިހާރު ވޮއިސް މެސެޖުތައް ރެކޯޑް ކުރުން ފަދަ ކަމެކެވެ. ޓެކްސްޓް ބޮކްސް ކައިރީގައި ވީޑިއޯ ރެކޯޑާ އައިކަން އެއް ހުންނައިރު، މި އައިކަން ބޭނުންކޮށްގެން 60 ސިކުންތުގެ ކުރު ވީޑިއޯތައް ހެދޭނެއެވެ.

ވަޓްސްއެޕުން ވެސް އާ އަޕްޑޭޓާ ބެހޭ ތަފްސީލް ރަސްމީ ބްލޮގް ޕޯސްޓެއްގައި ހިއްސާކޮށްފައިވެއެވެ. މި ވީޑިއޯ މެސެޖުތައް ބޭނުންކޮށްގެން އުފަންދުވަހުގެ މެސެޖް ރެކޯޑްކޮށް، އުފާވެރި ޚަބަރެއް ނުވަތަ އެއްވެސް މައުލޫމާތެއް ޕާސަނަލައިޒްޑް ޓަޗަކާއެކު ހިއްސާކުރެވޭނެއެވެ.

ޓެކްސްޓް ބޮކްސްގެ ކައިރީގައި ހުންނަ އައިކަންއަށް ކްލިކް ކުރުމުން ފީޗާއަށް ވަދެވޭނެ އެވެ. ޑިފޯލްޓްކޮށް، މީހަކު މެސެޖެއް ހުޅުވާލުމުން އެ ވީޑިއޯތައް އަޑާ ނުލައި ޕްލޭ ކުރެވޭނެއެވެ. އަޑާއެކު ޕްލޭކޮށްލަން ބޭނުންނަމަ ވީޑިއޯއަށް ޓެޕް ކުރަން ޖެހެއެވެ.

އެ ބްލޮގްޕޯސްޓްގައި ފާހަގަކޮށްފައިވާ ފަދައިން، މި ފީޗާ މިހާރު މަޑުމަޑުން ތައާރަފުވަމުން އަންނައިރު، ކުރިއަށް އޮތް ދުވަސްތަކުގައި އެންޑްރޮއިޑްގެ އިތުރުން އައިއޯއެސް މެދުވެރިކޮށް ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރާ ފަރާތްތަކަށް މި ފީޗާ ލިބެން ހުންނާނެއެވެ. މެނުއަލްކޮށް މި ފީޗާ ހޯދުމަށް ގޫގުލް ޕްލޭ ސްޓޯރުން ނުވަތަ އެޕް ސްޓޯރުން ވަޓްސްއެޕްގެ އެންމެ ފަހުގެ ވާޝަން ޑައުންލޯޑް ކުރެވޭނެއެވެ.

ވަޓްސްއެޕުން މިހާރުވެސް ފޮޓޯ ނުވަތަ ވީޑިއޯ ފޮނުވުމުގެ ފުރުސަތު އޮންނާނެ ކަމެވެ. ނަމަވެސް އާ ފީޗާގެ ސަބަބުން ވީޑިއޯ މެސެޖުތައް ފޮނުވުމުގެ މި މަރުހަލާ ކުރިއަށްވުރެ އަވަސްވެގެން ދެއެވެ.

comment ކޮމެންޓް