"ދަ ކާއްޓޭ ޝޯ"ގެ ނަމުގައި ހެއްވާ މަޖާ ކޮމެޑީ ޕްރޮގްރާމެއް ގެނައުމަށް ކުޅަދާނަ ކޮމީޑިއަން ނާޒިރު ޝިހާމް (ކާއްޓޭ)އާއި އެސްއެސްޓީވީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ސަން ސިޔާމް މީޑިއާގައި ބޭއްވި މި ރަސްމިއްޔާތުގައި އެސްއެސްޓީވީގެ ފަރާތުން ސޮއިކުރެއްވީ ޗީފް ކޮންޓެންޓް އޮފިސާ މުހައްމަދު ޒަހީންއެވެ.
މި ރަސްމިއްޔާތަށް ފަހު ކާއްޓޭ ބުނީ މިއަދު އެސްއެސްޓީވީއާއެކު ސޮއިކުރެވުނީ އުފާވެރި ޝޯއަކަށް ކަމަށެވެ.
"މޫނުމައްޗަށް ހިނިތުންވުން ގެނެސްދޭނެ ޝޯއެއް ހަދަން ކާއްޓޭ ޝޯ ނަމުގައި. އަޅުގަނޑަށް އެކަނި ފައިދާއަކަށް ނޫން. ހަމަ ތިޔަ ބޭފުޅުންނަށް ޓަކައި،" ކާއްޓޭ ބުންޏެވެ.
މި ޕްރޮގްރާމަކީ ބެލުންތެރިން ހެއްވާލުމަަށް ޓަކައި ހަދާ ޕްރޮގްރާމެއްކަމަށާއި ހުނުމަކީ ހިލޭ ކުރެވޭ ކަމަކަށް ވާތީ އެންމެން ވެސް ހޭން ޖެހޭ ކަމަށް އޭނާ ބުންޏެވެ.
"ތިޔަ ބޭފުޅުން ވެސް އެބަ ޖެހޭ ހޭން. ޓެންޝަން އެބަޖެހޭ އެއްކޮށް ދޫކޮށްލަން އެއްކޮށް. ބައިވަރު ކަންތައްތަކެއް އެބަ އާދޭ،" ކާއްޓޭ ބުންޏެވެ.
މި ޝޯ އެސްއެސްޓީވީން ވަރަށް އަވަހަށް ގެނެސްދޭން ތައްޔާރުވާއިރު، މި ޝޯއަކީ ތަފާތު މަޖާ ޝޯއަކަށް ވާނެއެވެ.