ވޯގް ފްރާންސްއާ އެކު ރާއްޖެ އިޝްތިހާރު ކުރުމުގެ ކެމްޕޭނެއް ކުރިއަށް ގެންގޮސްފި

އެމްއެމްޕީއާރްސީ އިން ފަރަަންސޭސިވިލާތުގައި ދިވެހިރާއްޖެ އިޝްތިހާރުކުރުމަށް ވޯގް ފްރާންސްއާއެކު މާކެޓިން ކެމްޕޭނެއް ވަނީ ކުރިއަށްގެންގޮސްފައި --- ފޮޓޯ/ އެމްއެމްޕީއާރްސީ

މޯލްޑިވިސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ފަރަަންސޭސިވިލާތުގައި ދިވެހިރާއްޖެ އިޝްތިހާރުކުރުމަށް ވޯގް ފްރާންސްއާއެކު މާކެޓިން ކެމްޕޭނެއް ކުރިއަށް ގެންގޮސްފިއެވެ.

މިދިޔަ މާޗު މަހުގެ 30ވަނަ ދުވަހު ފެށި މި ކެމްޕެއިން ކުރިއަށް ގެންގޮސްފައިވަނީ އެއް މަސްދުވަހުގެ މުއްދަތަށެވެ.

މި ކެމްޕޭނުގައި ދިވެހިރާއްޖޭގެ ޕްރޮޑަކްޓުތަކާއި ހިދުމަތްތައް އިޝްތިހާރު ކޮށްފަިއވަނީ ވޯގް ފްރާންސްއާއެކުއެވެ. މި ކެމްޕޭނުގެ މަގުސަދަކީ ފަރަންސޭސިވިލާތުގެ ފަތުރުވެރިންނަށް އަމާޒުކޮށް ރާއްޖޭގެ ނަން ހަރުދަނާކޮށް، ފަރަންސޭސިވިލާތުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމެވެ.

އެމްއެމްޕީއާރްސީން މައުލޫމާތު ދިން ގޮތުގައި މި ކެމްޕޭނުގައި ޕްރިންޓް އަދި ޑިޖިޓަލް ބައެއް ވަނީ ހިމެނިފައެވެ. އެގޮތުން، ޕްރިންޓް ކޮމްޕޮނެންޓުގެ ދަށުން، ދިވެހިރާއްޖެއަކީ އެންމެ މަގުބޫލު ލަގްޒަރީ މަންޒިލްގެ ގޮތުގައި ދައްކުވައިދޭ ފޮޓޯއެއް، އޭޕްރިލް މަހު ވޯގް ފްރާންސް މަޖައްލާގެ ބޭރުގައި ވަނީ ޝާއިއު ކޮށްފައެވެ. އަދި ޕްރިންޓް ކޮމްޕޮނެންޓްގެ ދަށުން ރާއްޖޭގެ ފޮޓޯތައް އެ މަޖައްލާގެ އިންސްޓަގްރާމް އަދި ފޭސްބުކްގައި ވަނީ ޝާއިއު ކޮށްފައވެެ.

އެމްއެމްޕީއާރްސީއިން ބުނީ މަދުވެގެން 300،000 މީހުންނާ ހަމައަށް މި ކޮންޓެންޓު ފޯރާފައިވާ ކަމަށެވެ.

މި ކެމްޕޭނުގައި އިސްކަންދީފައި ވަނީ ރާއްޖޭގެ ލަގްޒަރީ އަދި އާއިލީ ޕްރޮޑަކްޓްތަކާއި ތަޖުރިބާތައް އިޝްތިހާރުކުރުމަށެވެ. އޭގެތެރޭގައި ރާއްޖޭގެ
ސިގްނެޗާ އޯވާވޯޓާ ބަންގަލޯތަކާއި ލިވަބޯޑެއްގައި ރާއްޖޭގެ ކަނޑުތަކުގައި ޕްރައިވެޓް ކްރޫޒްތަކަށް ދިޔުން ފަދަ އުފެއްދުންތައް ހިމެނުނެވެ. މީގެ
އިތުރުނ،ް ލަގްޒަރީ 'އޯލް އެމެނިޓީސް އިންކްލޫޑަޑް' ބަބުލް ޓެންޓެއްގައި ރެއެއް ހޭދަކުރުމާއ،ި ފްލޯޓިން ޓްރޭއެއްގައި ޕްރައިވެޓް ޕޫލްތަކުގައި
ހެނދުނުގެ ނާސްތާ ކެއުމާއ،ި ރާއްޖެއިން ލިބެންހުރި ސްޕާ އަދި ވެލްނެސްގެ އެކިއެކި ހިދުމަތްތައް ވެސް މި ކެމްޕޭނުގައި ވަނީ ފާހަގަކޮށްފައެވެ.

ވޯގް ފްރާންސް އަކީ ފަރަންސޭސިވިލާތުގެ މާކެޓުގައި 90 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ޕްރިމިއާ މަންތްލީ ފެޝަން ނިއުސް އެންޑް
ގޮތާ އެއްގޮތަށް އަޕްސްކޭލް ނަމެކެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި މަޝްހޫރު ނަމެއް ކަމަށްވާ ވޯގްއަކީ ފަރަންސޭސިވިލާތުގެ ބާޒާރުގައި ރާއްޖެއާ މެދު ދެކޭ
ނީޝް އެފްލޫއެންޓް ފްރެންޗް މާކެޓުގެ އިތުރުން އެހެނިހެން ފަރަންސޭސިވިލާތުގެ ދަތުރުވެރިންނަށް ވެސް ވާސިލްވުމަށް ފަސޭހަ މަގެއް ލިބިގެންދާ
ކެމްޕޭނެކެވެ. ވޯގްގެ ޓާގެޓް އޯޑިއެންސްގެ 46 ޕަސެންޓަކީ މަތީ ފަންތީގެ ފަތުރުވެރިންނެވެ. އަދި ޑިޖިޓަލް އޯޑިއެންސްއަކީ މަހަކު 8.9 މިލިއަން ޔުނިކް
ވިޒިޓާސްއެވެ. ވޯގްއަކީ އެކި ފަންތީގެ ކިޔުންތެރިންނަށް އެންމެ ރަނގަޅު އައު އުފެއްދުންތަކާއި ހިދުމަތްތަކާއި އޮފާތަކާ ބެހޭ ގޮތުން ޚަބަރުތައް
ފޯރުކޮށްދޭ އެންމެ މަޝްހޫރު އެއް މަޖައްލާއެވެ.

އެގޮތުނ،ް ވޯގްއާއެކު އެމްއެމްޕީއާރުސީއިން ކުރިއަށް ގެންދިޔަ މި ކެމްޕޭނަކީ ފަރަންސޭސިވިލާތުގެ މާކެޓުގައި އެންމެ މަތީ ދަރަޖައިގެ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ބްރޭންޑް ހަރުދަނާ ކުރުމަށް އެހީތެރިވެދިން ކެމްޕޭނެއް ކަމަށް ވެސް އެ ކުންފުނިން ފާހަގަކުރެއެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތް ކުރާ ލިސްޓުގެ އަށް ވަނަގައި ފަރަންސޭސިވިލާތް އޮތްއިިރު މި މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ފްރާންސުން ރާއްޖެއަށް 30،770 ފަތުރުވެރިން އައިސްފައިވެއެވެ. ފްރާންސުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަމަހައްޓާ އިތުރުކުރުމަށް އެމެމްއެމްޕީއާރްސީއިން ދަނީ ރާއްޖޭގެ ޕްރޮޑަކްޓްތަކާއި ތަޖުރިބާތަކާއި ސެގްމެންޓްތައް އިޝްތިހާރުކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގަމުން ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

comment ކޮމެންޓް