ލިވާ ފެއިލްވެ އައިސީޔޫގައި، ފަޒްލީނާ އެދެނީ އާއްމުންގެ އެހީއަށް!

މީގެ ކުރިން ސިއްހީ މާ ބޮޑު މައްސަލަތަކަކާ ކުރިމައްޗެއް ނުވެއެވެ. ފަޒްލީނާ އަހްމަދު އުޅުނީ އާދައިގެ ދިރިއުޅުމެކެވެ. ބައެއް ފަހަރަށް ނިދަން އުނދަގޫވިޔަސް، އުފަން ރަށް، ރ. މީދޫގައި އޭނާ އުޅުނީ އުފާވެރި ދިިރިއުޅުމެކެވެ.

އެހެނަސް، ހުރިޙާ ކަމެއް ބަދަލުވީ މީގެ ދޮޅު މަހެއްހާ ދުވަސް ކުރިންނެވެ. އެ އުނދަގޫތަކާއެކު މާލެ އައިސް ޑޮކްޓަރަށް ދެއްކުމުން ލިވާގައި މައްސަލަތަކެއް ހުރިކަން އެނގުނީއެވެ.

ކައިބޮއެ ހަދަން އުނދަގޫވެ ނިދުމަށް ވެސް އުނދަގޫތަކާ ކުރިމަތިވާން ފެށީއެވެ. ބައެއް ފަހަރަށް ލޯ ރީނދޫވެފައި ހުރެއެވެެ.

ރާއްޖޭން ބޭރަށް ޑޮކްޓަރުން އޭނާ ފޮނުވީ ލިވާގައި ހުރި ބްލޮކެއް ފިލުވައި ސްޓަންޓެއް ލެއްވުމަށެވެ. ނަމަވެސް، އިންޑިއާގެ ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލަށް ދިއުމުން ބުނީ އޭނާގެ ލިވާ ފެއިލްވެފައިވާ ކަމަށާއި ބަދަލުކުރަން ޖެހޭ ކަމަށެވެ.

އޭނާގެ ބޭބެ އަލީ ފައިސަލް ބުނި ގޮތުގައި މިހާރު ފަޒްލީނާއަށް ފަރުވާދެނީ އެ ހޮސްޕިޓަލުގެ އައިސީޔޫގައެވެ. އޭނާގެ ހާލަތު ވަރަށް ދަށްކަމަށް ވެސް ޑޮކްޓަރުންނާ ހަވާލާދީ ފައިސަލް ބުންޏެވެ.

ފަޒްލީނާގެ ފިރިމީހާގެ މަންމަ ވެސް އޭޑީކޭގެ އައިސީޔޫގައި ބާއްވައިގެން ދަނީ ފަރުވާދެމުންނެވެ. އޭނާގެ ހާލު ވެސް ދެރައެވެ.

އެހެންވެ، އާއިލާއަށް މާލީ ގޮތުން ބޮޑު ދަތިކަމަކާ ވަނީ ކުރިމަތިވެފައެވެ. އަދި އިންޑިއާގައި ވެސް ގިނަ ދުވަސްތަކަކު މަޑުކުރަން ޖެހޭތީ ހަރަދުތަކެއް ހިނގާނެކަމަށް ފައިސަލް ބުންޏެވެ.

ފަޒްލީނާއަށް އާއްމުންގެ ފަރާތުން ބޭނުންވަނީ އެހީތެރިކަމެކެވެ.

ދިވެހި ރުފިޔާ އެކައުންޓް 7703330525001

ޑޮލަރު އެކައުންޓް 7770000138635

އެކައުންޓްގެ ވެރިފަރާތް: އަލީ ފައިސަލް ( މޯބައިލް: 7916916)

(އެއްބަނޑު އެއްބަފާ ބޭބެ)

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699

މާނައީ: "އަދި އެ މީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެ މީހަކަށް ޤިޔާމަތް ދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާ ހުއްޓެވެ. އަދި، އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފި މީހަކަށް، ﷲ އެ މީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަ ކޮށްދެއްވާނެއެވެ. އަދި، މުސްލިމެއްގެ (ޢައިބު ފޮރުވައިދީފި މީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެ މީހެއްގެ ޢައިބު ފޮރުވައިދެއްވާ ހުއްޓެވެ. އަދި، ހަމަކަށަވަރުން އެ މީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަ މީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

comment ކޮމެންޓް