ޖަންގްކުކް ބަލަން ހަފުތާއެއް ކުރީން ސްޓޭޑިއަމް ބޭރުގައި

މަޝްހޫރު ކޭޕޮޕް ބޭންޑް "ބީޓީއެސް"ގެ މެމްބަރު ޖަންގްކުކްގެ ސޯލޯ ޕަފޯމަންސް ބަލަން ހަފުތާއެއް ކުރީން ފޭނުން ސްޓޭޑިއަމް ބޭެރަށް އެއްވާން ފަށައިފިއެވެ.

ގުޑް މޯނިން އެމެރިކާ އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ކޮންސާޓުގައި މިއަހަރު ޖަންގްކުކް ޕަފޯމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭނާގެ ސޯލޯ ސިންގަލް އާއެކު މިއީ އޭނާ ވަކިން ޕަފޯމްކުރާ ފުރަތަމަ ފަހަރެވެ. އެމެރިކާގެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި ކޮންސާޓް ފެށުމަށް ހަމަޖެހިފައިވަނީ ޖަންކުކްގެ ޝޯއިިންނެވެ.

މި ކޮންސާޓުގައި ހުކުރު ދުވަހު އޭނާ ޕަފޯމް ކުރާއިރު ޓިކެޓްތައް ކުރިިން ރިޒާވް ކުރަން ޖެހެއެވެ. މި ޓިކެޓްތައް ރިޒާވްކުރުމަށް ހުޅުވާލައި މާ ގިނަ އިރުތަކެއް ނުވެ އޭނާގެ ޝޯގެ ސީޓްތައް ވަނީ ފުރިފައެވެ. މިއީ ހިލޭ ވަދެވޭ ކޮންސާޓެކެވެ.

މިހަފުތާ ހުކުރު ދުވަހު އޭނާ ޕަފޯމް ކުރަން އޮތް ނަމަވެސް ފޭނުން ދަނީ ސެންޓްރަލް ޕާކުގައި މިހާރުވެސް ކިއޫ ހަދަން ފަށާފައެވެ. މި ހަފުތާ ފެށުނު ހިސާބުން ވެސް ބައެއް މީހުން އަންނަނީ ޖަންގްކުކް ބަލާލަން ޕާކު ބޭރުގައި ކޭމްޕް ޖަހަމުންނެވެ.

https://twitter.com/yunkiseokchi/status/1678548762342440962

އެއްބައި މީހުން އެތަން ދޫކޮށް ދާކަށް އެއްވެސް ވަރަކަށް ބޭނުމެއް ނޫނެވެ. ސްޓޭޖާ ވީހާވެސް ކައިރިން ޖާގަ ހޯދަން ބޭނުންވާ މީހުންތައް ތިބީ އެތަނަށް ކުރީން ބައިން ގޮސްފައެވެ. މިމީހުން ކެއުމާއި ފާހަނަ ކޮށް ހަދަނީ ވެސް ގަޑި ބަހައިގެންނެވެ.

މިކަމާ ގުޅިގެން ބީޓީއެސްގެ ބައެއް ފޭނުން ވެސް އަންނަނީ މިކަމަށް ފާޑު ކިޔަމުންނެވެ. އަދި ގެއަށް ގޮސް ހުކުރު ދުވަހަށް ނުވަތަ ބުރާސްފަތި ދުވަހުގެ ރެއަށް އެތަނަށް ދިޔުމަށް ވެސް އެތަށް ބަޔަކު ދަނީ އެދެމުންނެވެ.

ޖަންގްކުކްގެ އިތުރުން ހޮލީވުޑްގެ ބައެއް ބޮޑެތި އާޓިސްޓުން ވެސް ވަނީ ޕަފޯމް ކުރުމަށް ހަމަޖެހިފައެވެ. އޭގެތެރޭގައި ކާލީ ރޭ ޖެޕްސެން އާއި ހޯޒިއޭ އާއި ސޭމް ހަންޓް އަދި ޓިމް މެގްރޯ ފަދަ އާޓިސްޓުން ހިމެނެއެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު