ވަރުގަދަ ރޮމްކޮމް އަކަށް ނެޓްފްލިކްސް އިން ތައްޔާރުވަނީ

ނެޓްފްލިކްސް އިން ރިލީޒް ކުރަން ހަމަޖެހިފައިވާ ރޮމްކޮމް "ލަވް އެޓް ފަސްޓް ސައިޓް"

ކުރީގެ ކްެލެސިކަލް ރޮމްކޮމްގެ ރަހަތަކާއި އިހުސާސްތައް ގެނުވައިދޭ މުޅިން ތަފާތު ފިލްމެއް ނެރުމަށް ނެޓްފްލިކްސް ތައްޔާރުވެއްޖެއެވެ.

ރޮމްކޮމްގެ އެންމެ ރަން ޒަމާނަކީ 90ގެ އަހަރުތަކާއި ދެހާހުގެ ކުރީކޮޅެވެ. "ޕްރިޓީ ވުމަން" އާއި "ކްލޫލެސް" އަދި "ސްލީީޕްލެސް އިން ސިއޭޓްލް"ގެ އިތުރުން "ޕްރިންސަސް ޑައިރީސް" ފަދަ ފިލްމުތަކަކީ މިހާރު ވަރަށް މަދުން ނޫނީ ނުފެންނަ ބާވަތެއްގެ ފިލްމުތަކެވެ.

ގިނަ ލޯބީގެ ފިލްމުތަކަކީ މިހާރު "ރިއަލިޒަމް"ގެ ރަހަތައް ހިމެނޭ ފިލްމުތަކެވެ. އެއާއެކު ލޯބީގެ ފިލްމުތައް ގިނަ ފަހަރަށް ނިމިގެން ދަނީ ހިތާމަވެރި ނިމުމަކުންނެވެ.

މި ވިސްނުން ބަދަލުކޮށްލައި ކުރީގެ ރަހަތައް އަލުން ގެނައުމަށް ނެޓްފްލިކްސް އިން ރިލީޒްކުރުމަށް ތައްޔާރުވަނީ "ލަވް އެޓް ފަސްޓް ސައިޓް" އެވެ.

https://www.youtube.com/watch?v=j0kro6SuwxM

ލަވް އެޓް ފަސްޓް ސައިޓްގައި ކިޔައިދެނީ ހެޑްލީ އާއި އޮލިވާގެ ވާހަކައެވެ. ނިއު ޔޯކުން ލަންޑަނަށް ދާ ފްލައިޓެއްގައި ދެމީހުން އެކީ ދިމާވާއިރު މި ދެމީހުންނަކީ ބީރަށްޓެހިންނެވެ. ނަމަވެސް ފްލައިޓް ބޯޑިން އިން ފެށިގެން ފްލައިޓްގެ ދަތުރުގެ ތެރޭގައި ދެމީހުން އެކަކު އަނެކަކާ ވާހަކަ ދައްކައި އެކަކު އަނެކަކަށް ކަމުދެއެވެ.

އަދި ދަތުރަށް ފަހު އޮލިވާ އޭނާގެ ނަމްބަރު ދޭއިރަށް ހެޑްލީގެ އަތުން ފޯނު ވެއްޓި ތަޅައިގެން ދެއެވެ. އެހާ ހިސާބުން ގުޅާނެ އިތުރު ގޮތެއް ނެތެވެ. ދެން ފިލްމުން ފެނިގެންދާނީ އެކަކު އަނެކަކު ހޯދުމަށް މަސައްކަތް ކުރާ ތަނެވެ.

މި ފިލްމަކީ ރިވިއުތަކުން އެންމެ މޮޅު ފިލްމަކަށް ނުވި ނަމަވެސް ގިނަ ބަޔަކު ހުސް ވަގުތު ބަލާލަން ރަނގަޅު ވާނެ ފިލްމެކެވެ. ނެޓްފްލިކްސް އިން މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 15 ގައެވެ. ފިލްމުގައި ހެޑްލީގެ ރޯލުން ފެންނާނީ ހޭލީ ލޫ ރިޗާޑްސަން އަދި އޮލިވާގެ ރޯލުން ފެންނާނީ ބެން ހާޑީއެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު