އައްޑޫ ހުޅުދޫ މޫދުން އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
މި ކަމާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަވަމުން ހުޅުދޫ ކައުންސިލް މެންބަރު ހުސައިން ފައިޒުއްރަހްމާން ވިދާޅުވީ، އޭނާ މަރުވެފައި އޮއްވައި ފެނުނީ މިއަދު މެންދުރު 12 ހާއިރު ކަމަށެވެ.
ފައިޒުއްރަހްމާން ވިދާޅުވީ، އޭނާ އަކީ މޫދަށް ގޮސް އުޅޭ މީހެއް ކަމަށެވެ. އަދި، އޭނާ ފެނިފައި ވަނީ ގޭ ކައިރި މޫދު ސަރަހައްދަކުން ކަމަށް ފައިޒުއްރަހްމާން ވިދާޅުވިއެވެ.
މި މަރާ ގުޅިގެން ފުލުހުން ބުނީ، އޭނާ ހޮސްޕިޓަލަސް ގެންދިޔަ އިރު ވެސް މަރުވެފައި ވާކަމަށެވެ. އަދި، އެއީ އުމުރުން 78 އަހަރުގެ މީހެއް ކަމަށެވެ.