މަޑިވަރާއި މާފަރަށް މޯލްޑިވިއަނުން ކުރާ ދަތުރުތައް އިތުރު ކޮށްފި

މޯލްޑިވިއަނުންގެ ފްލައިޓެއް ދަތުރު ކުރަނީ --- ފޮޓޯ/އެއާވޭޒް މެގަޒިން

ޑިމާންޑް ބޮޑުވެ ގައުމީ އެއާލައިން, މޯލްޑިވިއަނުން ނ. މާފަރާއި، ޅ. މަޑިވަރަށް ކުރާ ދަތުރުތައް އިތުރުކޮށްފިއެވެ.

މޯލްޑިވިއަނުން ބުނީ މާފަރު އެއާޕޯޓަށާއި، މަޑިވަރު އެއާޕޯޓަށް ބާއްވާ ފްލައިޓްތަކުގެ ދަތުރުތައް އިތުރުކުރީ ޑިމާންޑް ބޮޑުވުމުގެ ސަބަބުން ކަމަށެވެ.
މޯލްޑިވިއަނުން މީގެ ކުރިން މާފަރަށް ދަތުރުތައް ބާއްވަމުން އައިސްފައިވަނީ، ވީއައިއޭއިން މާފަރަށް މެންދުރުފަހު 15:40 ގައެވެ. އަދި މާފަރުން ވީއައިއޭއަށް ފުރުމަށް ޝެޑިއުލްކޮށްފައިވަނީ، ހެނދުނު 06:10 ގައެވެ.

އަލަށް އިތުރުކުރި ޝެޑިއުލްކުރި ފްލައިޓް ތާވަލް:
މާލެއިން- މާފަރަށް 11:55
މާފަރުން – މާލެއަށް 13:35

މޯލްޑިވިއަނުން މަޑިވަރަށް އިތުރުކުރި ފްލައިޓް ވީއައިއޭއިން ފުރުމަށް ޝެޑިއުލްކޮށްފައިވަނީ 18:30 ގައެވެ. އައު ޝެޑިއުލަށް ބަލާއިރު، މަޑިވަރުން މާފަރަށް 19:35 ގައި ފްލައިޓް ފުރުމަށް ޝެޑިއުލްކޮށްފައިވާއިރު، މި ފްލައިޓް މާފަރުން ވީއައިއޭއަށް ފުރާނީ 20:20 ގައެވެ.

މޯލްޑިވިއަންގެ މީޑިއާ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ މިއީ މި ރޫޓުތަކަށް އޮތް ޑިމާންޑު ބޮޑުވުމުގެ ސަބަބުން އިތުރު ކޮށްފައިވާ ދަތުރުތަކެއް ކަމަށެވެ.

މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ޝެޑިއުލާ އެއްގޮތައް މި ދަތުރުތައް ކުރިއަށް ދާނެކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް