ހައްޖު އަދި އުމްރާ ދަތުރުވެރިންނަށް ޚާއްސަކޮށް ހެލްތު ސްކްރީނިން ޗެކަޕް ޕެކޭޖެއް ޓްރީޓޮޕް ހޮސްޕިޓަލުން ތައާރަފްކޮށްފިއެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން މައުލޫމަތު ދޭ ގޮތުގައި މި ޗެކަޕްގެ ބެނުމަކީ ހައްޖަށް އަދި އުމްރާއަށް ގޮސް އަންނަ މީހުންގެ ސިއްހީ ހާލަތު ރަނގަޅުތޯ ބެލުމެވެ.
މި ޕޯސްޓް މެޑިކަލް ޗެކަޕްގެ ބޭނުމަކީ ހައްޖު ދަތުރުގައި ޖެހޭ އެއްވެސް ބައްޔެއް، ވައިރަހެއް ނުވަތަ އެއްވެސް ބައްޔެއް ފެތުރުމުގެ ނުރައްކަލެއް ހުރިތޯ ބަލައި އެ ބައްޔެއް ފެތުރުމުގެ ފުރުސަތު ހަނި ކޮށްދިނުމެވެ.
ދަތުރުކުރުމަށްފަހު މެޑިކަލް އިވެލުއޭޝަނެއް ހޯދުމަކީ ތިމާގެ ސިއްހީ ހާލަތު ވަޒަންކުރުމާއި އެކުގައި އުޅޭ މީހުންނަށް އެއްވެސް ބައްޔެއް ފެތުރުމުގެ ފުރުސަތު ކުޑަކޮށްދިނުމަށް ވަރަށް މުހިންމު ކަމެއް ކަމުގައި ޓްރީޓޮޕް ހޮސްޕިޓަލުން ވަނީ ފާހަގަކޮށްފައެވެ. އަދި ހައްޖަށް ގޮސް އެކި ގައުމުތަކުގެ މީހުން އެއްތަނެއްގައި އެއްވެ އުޅޭތީ ގިނަ އަދަދެއްގެ ފަރުދުންނަށް ބޮޑެތި ސިއްހީ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން މިފަދަ ޗެކަޕްތައް ހެދުމަކީ ވަރަށް މުހިންމުު ކަމެކެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ޚިދުމަތްތައް ތައާރަފުކުރަމުންނެވެ.
މިކަމާ ގުޅުންހުރި އިތުރު މައުލޫމާތު ހޯދުމަށް ޓްރީޓޮޕްގެ ހޮޓްލައިން 3351610 އަށް ގުޅުއްވުމުން އެ މައުލޫމާތު ސާފުވާނެއެވެ.