ސައިކަލެއް ކޮންޓްރޯލުން ނެއްޓި ފިހާރައެއް ތެރެއަށް، ކުޑަކުއްޖަކަށް ގިނަ ޒަޚަމްތަކެއް

ސައިކަލު ކޮންޓްރޯލުން ނެއްޓި، އެކްސިޑެންޓް ހިނގި ސަރަހައްދު: އެ ހާދިސާގައި ސައިކަލު މަތީގައި ތިބި ދެމައިންނަށް ވަނީ އަނިޔާވެފަ --

ސައިކަލު މަޑުކޮށްގެން ހުއްޓައި އޮޅިގެން ދަރިފުޅަށް މުއްގަނޑަށް އަނބުރައިލެވިގެން ހިނގި އެކްސިޑެންޓެއްގައި، ސައިކަލު މަތީގައި ތިބި ދެމައިންނަށް ގިނަ އަނިޔާތަކެއް ލިބިއްޖެއެވެ.

މި އެކްސިޑެންޓު ހިނގީ ލ. މާވަށުގައި މިއަދު ހެނދުނު 10:45 ހާއިރުކަމަށް މައުލޫމާތު ލިބެއެވެ. އެ ހާދިސާގައި އަނިޔާވީ ތިން އަހަރުގެ އަންހެން ކުއްޖަކަށެވެ.

މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ އާއިލާގެ މީހަކު "ސަން"އަށް ކިޔައިދިން ގޮތުގައި، ކުއްޖާއަށް އޮޅިގެން މުއްގަނޑު އަނބުރައިލެވުމުން ސައިކަލު ގޮސް ޖެހުނީ ކުރިމަތީ ހުރި ފިހާރައިގެ ބިއްލޫރިގަނޑުގައެވެ. އެ ފިހާރައިގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސް، ކުޑަ ކުއްޖާއާއި އޭނާގެ މަންމަ ވެސް ދުރަށް ވިއްސައިގެން ދިޔައީކަމަށް އާއިލާ މީހާ ކިޔައިދިނެވެ.

މި އެކްސިޑެންޓުގައި އަންހެން މީހާގެ ގަޔަށް ފުޅިތޮށި ހެރުމުގެ އިތުރަށް ވަރަށް ގިނަ ޒަޚަމްތަކެއް ލިބިފައިވެއެވެ. ކުޑަކުއްޖާގެ ގަޔަށް ފުޅިތޮށި ހެރި، ބޯ ވެސް ފަޅައިގެން ގޮސްފައިވެއެވެ.

މިހާރު އެ ދެމައިންނަށް ފަރުވާ ދެމުން އަންނަނީ ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައެވެ. ހާލު ސީރިއަސް ނޫން ނަމަވެސް ލިބިފައިހުރި އަނިޔާތައް ދެނެގަތުމަށް ޓަކައި މިހާރު ސްކޭން ހެދުން ފަދަ ކަންކަން އަންނަނީ ކުރަމުންނެވެ.

comment ކޮމެންޓް