ކެބިނެޓަށް ރުހުން ލިބުމަކީ ރާއްޖެ އަށް ސިޔާސީ ހަމަޖެހުން ލިބުނުކަމެއް: މައުމޫން

ރައްޔިތުންގެ މަޖިލިހުން ރައީސް މުހައްމަދު ވަހީދުގެ ކެބިނެޓަށާއި ނައިބު ރައީސަށް ރުހުން ލިބުމަކީ ރާއްޖެ އަށް ވަރަށް ބޮޑު ސިޔާސީ ހަމަޖެހުމެއް އައި ނިންމުމެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އިއްތިހާދުގެ ސަރުކާރަށް މަރުހަބާ ކިއުމުގެ ގޮތުން ރޭ 10:30 އެހާކަންހާ އިރު ކޯރުކެނޑި މަގާއި ބުރުޒުމަގު ގުޅޭ ކަންމަތީގެ މީހުން އިސްނައިގެން ބޭއްވި ހަފުލާއެއްގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ މަޖިލިހުގެ އެ ނިންމުމަކީ ވަރަށް މުހިންމު ނިންމުމެއް ކަމަށާއި މަޖިލިހުގެ ނިންމުމުގެ ސަބަބުން ބަޣާވާތެކޭ ކިޔަމުންދާ މީހުންގެ އަނގަ ބަންދުވެގެން ދިޔަ ނިންމުމެއް ކަމަށެވެ.

"ރައީސުލްޖުމުހުރިއްޔާގެ ނައިބަށާއި ރައީސުލްޖުމުހުރިއްޔާ ހުށައެޅުއްވި ކެބިނެޓްގެ ހުރިހާ މެންބަރުންނަށް ރުހުން ދެއްވުމަށް އެނިންމެވި ނިންމުމަކީ އޭގެ ސަބަބުން ވަރަށް ބޮޑު ސިޔާސީ ހަމަޖެހުން ލިބިގެން ދިޔަ ނިންމުމެއް،" މައުމޫން ވިދާޅުވި އެވެ.

އެ ހަފުލާގައި ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ޖުމުހޫރީ ޕާޓީގެ ރައީސް ގާސިމް އިބުރާހިމްގެ އިތުރުން ޕީޕިއެމްގެ ޕާލިމެންޓްރީ ގުރޫޕްގެ ރައީސް އަބުދުﷲ ޔާމީނާއި ރައްޔިތުންގެ މަޖިލިހުގެ މެންބަރުންނާއި ވަޒީރުންގެ މަޖިލިހުގެ މެންބަރުން ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

މިހަފްލާގައި ތުލުސްދޫ ބޮޑުބެރުގުރޫޕްގެ ހަރަކާތްތަކެއްގެ އިތުރުން ބޮނޑިބަތް ކެއުން ވެސް އޮތެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު