ހައްޖަށް ގޮސް އުޅުނު އިތުރު ދިވެއްސަކު މަރުވެއްޖެ

ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދިޔަ އިތުރު މީހަކު މަރުވެއްޖެއެވެ.

މަރުވެފައި ވަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ ދ. މާއެނބޫދޫ، ފިޔާތޮށިގެ، ޢަލީ ޙަސަން،72، އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އޭނާ މަރުވީ މައްކާގެ ސަޢުދީ ޖާމަން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު ރާއްޖެ ގަޑިން 18:17 ގައި ކަމަށެވެ.

އަލް ޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ހަވާލުގައި ހައްޖަށްދިޔަ މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވައި އިއްޔެ ފެނިފައިވެއެވެ.

ގެއްލިގެން ހޯދާތާ ހަތަރު ދުވަސް ފަހުން މަރުވެފައި އޮއްވައި ފެނުނީ ރ. މާކުރަތު، މަލަ، މުޙައްމަދު ނަސީމް ޢަލީ،72، އެވެ.

އޭނާ މަރުވެފައި އޮއްވައި ފެނުނީ ނޫރު ފަރުބަދައާ ދިމާލުން ހޮނިހިރު ދުވަހުގެ ރޭ ދަންވަރުގެ 1:55ހާއިރުއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް