މަޖާކަމެއް: ހަވާ އަރުވާކަމަށް ބުނެ ރައްޔިތު އެންމެން ނެރެ އެރުވީ 6 ވައު!

ކުޅުދުއްފުށީގައި 6 ވައު އަރުވާފައި

ކުޅުދުއްފުށި ސިޓީގައި ހަވާ އަރުވާކަމަށް ބުނެ ރައްޔިތު އެންމެން ނެރެ 6 ވައު އަރުވައިފިއެވެ.

ގިނަ އަދަދެއްގެ ބަޔަކު މިރޭގެ މި ހަ ވާ އެރުވުމުގެ ކުޅިވަރަށް އެ ރަށު ބަންޑާރަ މައިދާނަށް ވަނީ އެއްވެފައެވެ. އެހެން ނަމަވެސް، ބަޑިބޭހުގެ ކުޅިވަރުތަކުގެ ބަދަލުގައި ފެނުނީ ދަނޑިއަކަށް ހަ ވާ އެރުވި މަންޒަރެވެ.

ކޮންމެ ވަލެއްގައި ވެސް ނަންބަރެއް ޖަހައިފައި ހުއްޓެވެ. އެއް ވައު، ދެ ވައު، ތިން ވައު، ހަަތަރު ވައު، ފަސް ވައު އަދި ހަ ވައު ވަނީ އަރުވައިފައެވެ.

ކުޅުދުއްފުއްޓަކީ އަބަދުވެސް ތަފާތު ގޮތްގޮތަށް ކުޅިވަރުތައް ބާއްވާ ބައެކެވެ. މި ގޮތަަށް ހަ ވާ އެރުވުން ބޭއްވުމުން، ބައެއް މީހުންގެ ނުތަނަވަސްކަން ލިބުނު ނަމަވެސް ގިނަ ބަޔަކަށް ވީ މަޖާ ކަމަކަށެވެ.

މާދަމާ މަށިމާލި ޕެރޭޑް ވެސް އެ ރަށުގައި އެބައޮތެވެ. މިއަދު ވަނީ ރާނީ ހިނގުމާއި ބަންދު ދުއްވުން ވެސް ބާއްވައިފައެވެ.

comment ކޮމެންޓް