އައިޖީއެމްއެޗް ކައިރީ ހުރި އޭޓީއެމްއަކަށް ގެއްލުން ދީފި

އައިޖީއެމްއެޗް ކައިރީ ހުންނަ އޭޓީއެމް މެޝިންތަކުގެ ތެރެއިން މެޝިނަކަށް ގެއްލުން ދިނުމުން ފުލުހުން ހަރަކާތްތެރިވަނީ--

އައިޖީއެމްއެޗް ކައިރީ ހުންނަ އޭޓީއެމް މެޝިންތަކުގެ ތެރެއިން މެޝިނަކަށް ގެއްލުން ދީފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ އައިޖީއެމްއެޗް ކައިރީ ހުރި އޭޓީއެމް މެޝިނަކަށް ގެއްލުން ދިން ކަމުގެ މައްސަލަ ފަތިހު 5:11 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.

އައިޖީއެމްއެޗް މައި ގޭޓު ފަޅީގައި ބީއެމްއެލްގެ ތިން އޭޓީމެއް ބަހައްޓާފައި ހުރެއެވެ. އޭގެ ތެރެއިން ގެއްލުން ދީފައި މެދަށް ހުރި އޭޓީއެމް އަށެވެ.

އީދު ބަންދާ ދިމާކޮށް މާލެތެރޭގައި ވައްކަމުގެ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ. އެހެންކަމުން މިފަދަ ކަންކަމަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް