ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލެއްވުމަށް ގާސިމް އުޅުއްވި ކަމުގެ ތުހުމަތުގެ މައްސަލަ ޕީޖީ އޮފީހަށް ފުލުހުން ހުށަހަޅައިފި

14:30


ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް ރިޝްވަތު ހުށަހަޅުއްވައިގެން ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ އުޅުއްވި ކަމުގެ ތުހުމަތުގައި އެ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފި އެވެ.


ފުލުހުން ބުނީ އެ މައްސަލަ މިދިޔަ ހަފްތާގައި ޕީޖީ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ. ޕީޖީ އޮފީހަށް ފުލުހުން ހުށަހަޅާފައިވާ އެ މައްސަލައިގެ ތުހުމަތުގައި ގާސިމް މީގެކުރިން ވަނީ ހައްޔަރު ވެސް ކޮށްފަ އެވެ. ނަމަވެސް ގާސިމްގެ މައްޗަށް ފުލުހުން ކޯށްފައިވާ ތުހުމަތުގެ މައްސަލައިގައި ސަރުއީ އެއްވެސް ކޯޓަކަށް އެކަށީގެންވާ ހެކި ހުށަހެޅިފައިނުވުމުގެ ސަބަބުން ގާސިމް ވަނީ މިނިވަންކޮށްފަ އެވެ.


ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް ރިސްވަތް ހުށަހަޅުއްވައިގެން ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލެއްވުމުގެ ތުހުމަތުގައާއި ކޮރަޕްޝަން ތުހުމަތާ ގުޅިގެން ރައްޔިތިންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަދި ޕީއޭގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްވެސް ފުލުހުން ހައްޔަރުކުރި އެވެ. ނަމަވެސް ސުޕްރީމްކޯޓުން ވަނީ އެ ދެ މެންބަރުންވެސް މިނިވަންކޮށްފަ އެވެ.


ނާޒިމާއި ޔާމީންގެ މައްސަލަ އަދި ޕީޖީ އޮފީހަށް ހުށަހަޅާފައިނުވާ ކަމަށް ފުލުހުން ބުނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު