ޝޭޕަރު އިބުރޭ: ދާއިރާއާ ވަކިވީ އެންމެންގެ "އިންސްޕިރޭޝަން" އެއް

އިބުރޭ ރާޅާ އަޅަނީ --

ރާޅާ އެޅުމުގެ ދާއިރާ މިއަދު މި އޮތް ހާލަތަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރި، އެ ދާއިރާގެ އެންމެން "އިންސްޕިރޭޝަނެއް" އެއްގެ ގޮތުގައި ދެކޭ އިބްރާހިމް އަހްމަދު ޝުކޫރު 46، (ޝޭޕަރު އިބުރޭ) ނިޔާވެއްޖެއެވެ.

އިބުރޭ ނިޔާވީ ސްޓްރޯކެއް ޖެހި ފަރުވާ ހޯދަމުން ދަނިކޮށް މިއަދު ސްރީލަންކާގައެވެ. އޭރު އޭނާ އޮތީ ސްޓްރޯކެއް ޖެހިގެން ކޯމާގައެވެ.

އިބުރޭގެ ކުއްލި ވަކިވުމާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަމުން އޭނާގެ ގާތް ރަހުމަތްތެރިއަކު ބުނީ، އިބުރޭއަކީ ރައްޖޭގައި އެންމެ ފުރަތަމަ ރާޅާ އަޅަންފެށި މީހުންގެ ތެރެއިން އެކަކު ކަމަށެވެ. އަދި އިބުރޭ އަކީ މިއަދު ރާޅާ އެޅުން މި އޮތް ހާލަތަށް ގެނައުމަށް މަސައްކަތް ކުރި އެކަކު ކަމަށް ވެސް އޭނާ ބުންނެވެ.

"އިބުރޭ އަކީ ސާފިން ބޯޑު ޝޭޕު ކުރަން ވެސް އެންމެ ފުރަތަމަ ފެށި އެކަކު. އެގޮތުން ބޯޑު ހަލާކު ވީމަ އެ އެއްޗެހި ހަދާ، ބޯޑު ޝޭޕު ކުރުމުގެ މަސައްކަތް އޭނަ ކުރި،" އިބުރޭއާއެކު ރާޅާ އެޅުމުގައި ގިނަ ދުވަހު މަސައްކަތްކުރި އޭނާގެ ރަހުމަތްތެރިޔާ ބުންޏެވެ.

އިބުރޭ އަކީ ސާފިން އެސޯސިއޭޝަންގެ އެކްސްކޯ މެމްބަރުކަން ވެސް ކުރި މީހެކެވެ.

"އެއީ ހަމަ ސާފިން ދާއިރާގަ އުޅޭ އެންމެނަށް އިންސްޕިރޭޝަނެއް،" އޭނާ ބުންޏެވެ.

comment ކޮމެންޓް