ރަސްދޫގައި އިތުރު އާރުއޯ ފެން ޕްލާންޓެއް ބަހައްޓައިފި

ރަސްދޫގައި ބެހެއްޓި އާރުއޯ ޕްލާންޓް--- ފޮޓޯ/ ސްޓެލްކޯ

އއ. ރަސްދޫގައި އާރުއޯ 100 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފިއެވެ.

ގައުމީ ކަރަންޓް ކުންފުނި ސްޓެލްކޯއިން ބުނީ މިއީ ރަސްދޫގައި އިތުރުވަމުންދާ ފެނުގެ ޑިމާންޑާ އެއްވަރަށް ފެން ފޯރުކޮށްދިނުމަށްޓަކައި ބެހެއްޓި އިތުރު ޕްލާންޓެއް ކަމަށެވެ. މި ޕްލާންޓާއެކު ރަސްދޫގައި ފެން އުފެއްދުމުގެ ކެޕޭސިޓީ 160 ޓަނަށް ވަނީ އިތުރުވެފައެވެ.

މި ޕްލާންޓް ބެހެއްޓުމުގެ މަސައްކަތްކޮށްފައިވަނީ ސްޓެލްކޯގެ މުވައްޒަފުންނެވެ. ސްޓެލްކޯއިން ބުނީ، މިއީ އެކުންފުނީގެ މުވައްޒަފުން އޭގެ ކޮމިޝަނިން ހުރިހާ މަސައްކަތެއްކޮށް އޮޕަރޭޝަނަށް ގެނައި ފުރަތަމަ ޕްލާންޓް ކަމަށެވެ.

ރަސްދޫގައި ބެހެއްޓި އާރުއޯ ޕްލާންޓް--- ފޮޓޯ/ ސްޓެލްކޯ

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވަނީ މި މަސައްކަތުގައި އުޅުނު އެ ކުންފުނީގެ ވޯޓާ، ސުވަރޭޖް އެންޑް ވޭސްޓް މެނޭޖްމަންޓު ޑިޕާޓްމަންޓުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، އެ މުވައްޒަފުންގެ މަސައްކަތަށް ތަރުހީބުދެއްވާފައެވެ.

ރަސްދޫގައި އާރުއޯ ޕްލާންޓް ބެހެއްޓުމުގެ މަސައްކަތްކުރި މުއައްޒަފުންނާއިއެކު ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޝަރީފް--- ފޮޓޯ/ ސްޓެލްކޯ

ހަމައެއާއެކު، އެ ކުންފުނިން އަލަށް އެފަދަ ކަމެއްކޮށް، ކާމިޔާބު ހޯދާފައިވާ ކަމަށް ވިދާޅުވެ ޝަރީފް ވަނީ އެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ.

comment ކޮމެންޓް