އޭއައިގެ އެހީއާ އެކު ބީޓްލްސްގެ ފަހު ލަވަ ނެރެނީ

ބީޓްލްސްގެ އެންމެ ފަހު ލަވަ ނެރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން --

ލެޖެންޑަރީ މިއުޒިކް ގްރޫޕް ކަމަށްވާ "ދަ ބީޓްލްސް"ގެ އެންމެ ފަހު ލަވަ، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ފުރިހަމަ ކުރުމަށްފަހު ރިލީޒްކުރަން ތައްޔާރުވެއްޖެއެވެ.

ޖުމްލަ 10 މެމްބަރުން ހިމެނޭ ބީޓްލްސް އަކީ 60 އާއި 70ގެ އަހަރުތަކުގައި ރޮކް މިއުޒިކުގެ މަލަމަތި އެއްކޮށް ބަދަލުކޮށްލި ބޭންޑެކެވެ. މި ބޭންޑުގެ މަގުބޫލުކަން އަދި އަދާ ހަމައަށް ވެސް ގިނަ ބައެއްގެ މެދުގައި އޮތް އިރު ބޭންޑުގެ މިހާރު ބާކީ ތިބީ ހަތަރު މެމްބަރުންނެވެ. އޭގެތެރެއިން އެކްޓިވްކޮށް އުޅެނީ ދެ މެމްބަރުންނެވެ.

ބޭންޑްގެ މެމްބަރު ކަމަށްވާ ޕޯލް މެކާޓްނީ ބުނިގޮތުގައި މިހާރު މަސައްކަތް ކުރަމުން އަންނަނީ ބީޓްލްސްގެ އެންމެ ފަހު ރެކޯޑު ނެރުމުގެ މަސައްކަތް ކުރުމަށެވެ. އެ ރެކޯޑަކީ ބޭންޑް މެމްބަރު ޖޯން ލެނަން މަރުވުމުގެ ކުރިން 1980ގައި ރެކޯޑު ކޮށްފައިވާ ޑެެމޯއެއް ކަމަށް މެކާޓްނީ ބުނެއެވެ.

އޭނާ ބުނިގޮތުގައި އެ ޑެމޯ އަކީ ހުރިހާ މެމްބަރުންގެ ބައިވެރިވުން ހިމެނޭ ޑެމޯއެކެވެ. ނަމަވެސް ރެކޯޑު އެއްކޮށް ނުނިމެއެވެ. އެހެންވީމާ އޭއައިއަށް ލެނަންގެ އަޑު ލައި އެ ބޭނުންކޮށްގެން ލެނަންގެ އަޑާއެކު ލަވަ ފުރިހަމަ ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް ދާ ކަމަށް އޭނާ ފާހަގަކުރިއެވެ.

އެ ލަވައިގެ މަސައްކަތް ކުރުމަށްފަހު މި އަހަރުގެ ތެރޭގައި ލަވަ ރިލީޒް ކުރުމަށް މަސައްކަތް ކުރާ ކަމަށް އޭނާ ބުންޏެވެ. މިއީ ބީޓްލްސްގެ އެންމެ ފަހުގެ ލަވައަށް ވާނެއެވެ.

ބީޓްލްސް ވަނީ މިއުޒިކުގެ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ އެވޯޑުތައް ހޯދާފައެވެ.

comment ކޮމެންޓް