ހައިވޭގައި ހިނގި އެކްސިޑެންޓެއް ފެނުނު މީހަކު ހުރިތޯ ބަލަނީ

ފެބްރުއަރީ 24، 2021: މާލެ/ހުޅުމާލެ ހައިވޭއިން ބަޔަކު މާލެ އަންނަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބުރިޖު ހައިވޭގެ މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ލޭންގެ ސީޕްލޭން ޓާމިނަލްއާ ހިސާބުގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގަށް، އެ އެކްސިޑެންޓްގެ މަންޒަރު ދުއް މީހަކު ހުރިތޯ ބަލަން ފުލުހުން އިއުލާނު ކޮށްފިއެވެ.

މި އެކްސިޑެންޓަކީ މި މަހުގެ ހަތްވަނަ ދުވަހުގެ 14:54 ކަން ހާއިރު މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ލޭންގެ ހަތަރު ލޭން ސަރަހައްދު ނުވަތަ ސީޕްލޭން ޓާމިނަލްއާ ހިސާބުގައި ކާރެއް ހުއްޓިފައި އޮތް ވަގުތު އެ ކާރު ފަހަތުން އޯވާޓޭކް ކުރި ވޭނެއްގައި، ދުއްވާފައި އައި ސައިކަލެއް ޖެހި ހިނގާފައިވާ އެކްސިޑެންޓެކެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓްގައި، ސައިކަލް ދުއްވަން އިން 19 އަހަރުގެ އަންހެނަކަށް އަނިޔާވެ ހުޅުމާލެ ހޮސްޕިޓަލްގައި މިހާރު ފަރުވާދެމުން އަންނަ ކަމަށެވެ.

ހައިވޭގައި ހިނގި މި އެކްސިޑެންޓުގެ މަންޒަރު ދުއް އެއްވެސް މީހަކު ހުރިނަމަ ނުވަތަ އެކްސިޑެންޓާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

comment ކޮމެންޓް