ގިނަ ދުވަސްތަކެއް ނުވެ ޓޭލާގެ އާ ބައިވެރިޔާއާ ވަކިވެއްޖެ

އާ ބައިވެރިއަކާ ގުޅިގެން އުޅޭ ކަމަށް ވާހަކަ ދެކެވެނިކޮށް މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް އޭނާގެ ބައިވެރިޔާއާ ވަކިވެއްޖެއެވެ.

ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ހަ އަހަރަށް ވުރެ ގިނަ ދުވަސްވެފައި ވަނިކޮށް ޓޭލާ އާއި އިނގިރޭސިވިލާތުގެ އެކްޓަރު ޖޯ އެލްވިން ވަކިވެ މާ ގިނަ ދުވަސްތަކެއް ނުވެ އިތުރު ލަވަކިޔުންތެރިޔަކާ ގުޅިގެން އުޅޭ ކަމަށް ވާހަކަ ދެކެވެން ފެށީ މިދިޔަ މަހުގެ ކުރީކޮޅުގައެވެ.

ޖޯއާ އެންގޭޖު ވުމަށް ވާހަކަ ދެކެވެނިކޮށް ދެ މީހުން ވަކިވި ކަމަށް އިއުލާނު ކޮށް މަހެއް ނުވަނީސް އިވިގެން ދިޔައީ ޓޭލާ އެހެން މީހަކާ ގުޅިގެން އުޅޭ ކަމަށެވެ. މި ފަހަރު ޓޭލާ ގުޅިފައިވަނީ އިނގިރޭސިވިލާތުގެ މަޝްހޫރު ބޭންޑު "ދަ 1975"ގެ ލަވަކިޔުންތެރިޔާ މެޓީ ހީލީ އާއެވެ.

ޓޭލާއާ ގާތް މަސްދަރެއް އެމެރިކާގެ ނޫސްތަކަށް މައުލޫމާތު ދިން ގޮތުގައި ދެ މީހުން ވަނީ ދާދި ފަހުން ވަކިވެފައެވެ. އަދި, ދެ މީހުންގެ ދިރިއުޅުމުގެ މިސްރާބު ހުރީ ދެ ދިމާލަކަށް ވާތީ އެކީގައި އުޅެން ނުފެންނަ ކަމަށް ދެ މީހުން އެއްބަސް ވެފައިވާ ކަމަށް މަސްދަރު ހާމަކުރެއެވެ.

ދެ މީހުން އެކީގައި އުޅުނުއިރު ވެސް ދެމީހުން އެހާ ސީރިއަސް ނޫން ކަމަށް އޭނާ ހާމަކުރެއެވެ.

ޓޭލާގެ ޓުއާ މިހާރު ކުރިއަށް ދާއިރު މި ޓުއާގެ ފަހުގެ ޝޯތަކުގައި ވަނީ މެޓީ ފެނިގެން ގޮސްފައެވެ.

ދެ މީހުން ދާދި ފަހުން ވަކިވެފައިވާއިރު ދެ މީހުންގެ ގުޅުމާ ހެދި އެތައް ބައެއްގެ ފާޑު ކިޔުން ވަނީ ޓޭލާއަށް ރައްދުވެފައެވެ. އެގޮތުން މެޓީ އަކީ ސޯޝަލް މީޑިއާ އާއި އެކި ޕްރޮގްރާމްތަކުގައި ތަފާތު ގޯސް ހިޔާލުތަކާއި އަމަލުތައް ގެންގުޅެފައިވާ މީހެއްކަން ފާހަގަކުރެވިފައިވެއެވެ. އެގޮތުން ކަޅު ނަސްލުގެ މީހުންނަށް ހުތުރު ބަހުރުވައިން ވާހަކަ ދެއްކުމާއި ނާޒީ ވިސްނުންތަކެއް ގެންގުޅުން ހިމެނެއެވެ.

މިކަމާ ގުޅިގެން ޓޭލާ، މެޓީއާ އެކު ހުރުމުން ދޭހަ ވެގެން ދިޔައީ އޭނާގެ އަމަލުތަކަށް ޓޭލާ ސަޕޯޓު ކުރާ ސިގުނަލެއް ކަމަށް ފޭނުން ބުންޏެވެ.

comment ކޮމެންޓް