އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވައިދެއްވުމަށް ރައީސް އައްޑޫއަށް

ރައީސް ޞާލިހް ފ. ބިލެއްދުއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

އައްޑޫ ސިޓީ ބިން ހިއްކުމުގެ މަޝްރޫއު އިފްތިތާހިކޮށްދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އައްޑޫއަށް މިއަދު ވަޑައިގެންފިއެވެ.

އެ މަނިކުފާނު އައްޑޫއަށް ފުރައިވަޑައިގަތީ މިއަދު މެންދުރެވެ.

މީގެ އިތުރުން މި ދަތުރުފުޅުގައި ގަން އިންޓަނޭޝަނަލް އެއާޕޯޓު އިތުރަށް ތަރައްގީކުރުމަށް ހިންގާ މަޝްރޫއު އިފްތިތާހުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި އެ މަނިކުފާނު އައްޑޫގެ އެކި ރަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވާނެއެވެ.

މި ދަތުރުފުޅުގައި އައްޑޫގައި ކުރިއަށްދާ ބޮޑެތި އަދި މުހިންމު މަޝްރޫއުތައް އެ މަނިކުފާނު ބައްލަވާލައްވާނެއެވެ. އަދި މި ދަތުރުފުޅުގައި ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވާނެކަމަށް މީގެ ކުރިން ރައީސްގެ ތަރުޖަމާނު ވިދާޅުވިއެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު އިންޑިއާގެ ރެނާޓަސް ކުންފުންޏާ ހަވާލުކޮށްފައި ވަނީ މިދިޔަ މާޗް މަހުގެ ފަސްވަނަ ދުވަހުއެވެ.

އެ މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ދޫކޮށްފައިވާ 17 މިލިއަން ޑޮލަރު (272.2 މިލިއަން ރުފިޔާ)ގެ ލޯނެއް ބޭނުންކޮށްގެންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު