ފިލްމު ''ޔެ ޖަވާނީހެ ދިވާނީ'' ބޮޑު ކާމިޔާބީއެއް ހޯދިއިރު ފިލްމުގެ ޑައިރެކްޓަރު ފިލްމު އެއްކޮށް ނުބަލާ

ޒުވާން ޑައިރެކްޓަރު އަޔާން މުކަރުޖީގެ ކެރިއަރުގެ އެންމެ ކާމިޔާބު އެއް ފިލްމުކަމަށްވާ "ޔެ ޖަވާނީހެ ދިވާނީ" ރިލީޒްކުރިތާ ދިހަ އަހަރު ފުރުނުއިރު އަދިވެސް ފިލްމު އެއްކޮށް ބެލި ހަނދާނެއް ނުވާކަމަށް އަޔާން ބުނެފިއެވެ.

ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި މި ފިލްމަކީ، ވަރަށް ރީތި ލޯބީގެ ވާހަކައަކަށް ބިނާކޮށްގެން އުފެއްދި ފިލްމެކެވެ. ބަތަލާ ދިޕިކާ ޕަދުކޯން، ކަލްކީ ކޮއެޗްލިން، ރަންބީރު ކަޕޫރު އަދި އަދިތްޔަ ރޮއި ކަޕޫރު މުހިއްމު ރޯލް ކުޅުނު މި ފިލްމަކީ، ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަންސްގެ ދިދައިގެ ދަށުން އުފެއްދި ފިލްމެކެވެ.

ފިލްމަށް ދިހަ އަހަރުފުރުމާ ދިމާކޮށް އަޔާން މުކަރުޖީގެ އަމިއްލަ އިންސްޓަގްރާމްގައި ޕޯސްޓުކޮށްފައިވާ މެސެޖުގައި ބުނެފައިވަނީ، މި ފިލްމަކީ، ކެރިއަރުގެ ދެވަނަ ފިލްމު ކަމަށެވެ. މި ފިލްމުގައި ހިމެނުނު ސީންތަކަކީ އެންމެ ފުރިހަމައަށް ބެލުންތެރިންނަށް ގެނެސްދޭ ސީންތަކަކަށް ހެދުމަށް ކުރި ތަޖުރިބާތަކަކީ ކެރިއަރު ކުރިއެރުވުމަށް ލިބުނު އެހީތެރިކަމެއްގެގޮތުގައި ދެކޭކަމަށް އަޔާން ވަނީ މިޕޯސްޓުގައި ބުނެފައެވެ.

މިހާތަނަށް އަޔާންގެ ފިލްމާބެހޭގޮތުން މީހަކު ތައުރީފުކުރިޔަސް އެއީ އަޔާންގެ ފިލްމު "ބްރައްމަސްތުރާ"ކަމަށް ހީކުރާ ކަމަށާއި އެހެންނަމަވެސް ފަހުން އެއީ ފިލްމު "ޔެ ޖަވާނީހެ ދިވާނީ"އާ ބެހޭގޮތުން ކުރާ ތައުރީފަކަށްވެ ނިމިގެންދާކަމަށް އަޔާން ވަނީ ބުނެފައެވެ.

މިހާތަނަށް ފިލްމު އެއްކޮށް ބަލާލެވިފައިނުވި ނަމަވެސް ކުރިމަގުގައި ފިލްމު ނިމެންދެން އެއްކޮށް އަހަރަކު އެއްފަހަރު ބަލާލުމުގެ އަޒުމު ކަނޑައަޅާފައިވާކަމަށް ހުނަރުވެރި ޑައިރެކްޓަރު ވަނީ ބުނެފައެވެ.

މިދިޔަ އަހަރު ބަތަލާ އާލިއާ ބަޓްއާއި ރަންބީރު ކަޕޫރުގެ އިތުރުން އެކްޓަރު އަމީތާބް ބައްޗަން ވެސް މުހިއްމު ރޯލްއިން ފެނުނު ފިލްމު "ބްރައްމަސްތުރާ"ގެ ކާމިޔާބީއަށްފަހު ފިލްމުގެ ދެވަނަ ބައެއް އުފެއްދުމަށް އަޔާން ވަނީ ނިންމާފައެވެ. މި ފިލްމުގެ އުފެއްދުމުގެ މަސައްކަތް ފެށުމުގެ ހިޔާލު އަޔާން ކޮށްފައިވާއިރު ޔަޝް ރާޖް ކުންފުނީގެ ފިލްމު "ވޯ2" ޑައިރެކްޓްކުރުމަށް އަޔާން ވަނީ އައްޔަންކޮށްފައެވެ.

comment ކޮމެންޓް