މާލެއިން ރ. އަތޮޅަށް ދަތުރުކުރަމުންދިޔަ ބޯޓެއް އަޑިއަށް ގޮސްފި

އަޑިއަށް ދިޔަ ބޯޓް

މާލެއިން ފުރައިގެން 15 މީހުނާއެކު ރ. އަތޮޅަށް ދަތުރުކުރަމުންދިޔަ "އާލާ" ނަމަކަށް ކިޔާ ބޯޓެއް އަޑިއަށް ގޮސްފިއެވެ.

ބޯޓު އަޑިއަށް ގޮސްފައި ވަނީ ރާޅެއް އަރައި ބޯޓު ދިޔަވެގެންނެވެ.

އެމްއެންޑީއެފް އިން "ސަން" އަށް މައުލޫމާތު ދިން ގޮތުގައި މި ބޯޓު އަޑިއަށް ގޮސްފައި ވަނީ ބޯޓުގައި ތިބި އެންމެން ކޯސްޓް ގާޑުން ސަލާމަތް ކުރި ފަހުންނެވެ. އެހެންކަމުން އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ.

އެ ހާދިސާ ހިނގީ 8:42 ހާއިރުއެވެ.

އަދި މިކަމާ ގުޅިގެން އިތުރު މައުލޫމާތު ހިއްސާ ކުރަމުންދާނެ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

comment ކޮމެންޓް