އިންސްޓަގްރާމް މެދުވެރިކޮށް އާމްދަނީ ހޯދާ ލިސްޓުގެ ކުރީގައި ވިރާޓް ކޮލީ

އިންޑިއާގެ ސެލެބްރިޓީންގެ ތެރެއިން އިންސްޓަގްރާމް ފޮލޮވާސްގެ އަދަދު 250 މިލިއަނަށް އަރާފައިވާ ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޮލީއަކީ، މިޕްލެޓްފޯމް މެދުވެރިކޮށް އެންމެ ބޮޑު އާމްދަނީއެއް ހޯދާ އެއް ފަރާތެވެ.

ސޯޝަލް މީޑިއާ އެނަލިސްޓުން ލަފާކުރާގޮތުގައި ސެލެބްރިޓީންގެ 20-30 އިންސައްތަ މީހުންނަކީ، ބޮޑު އާމްދަނީއެއް ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ހޯދާ ބައެކެވެ. ފިލްމު އިންޑަސްޓްރީގެ ސަޕޯޓަރުންނަށް ސެލެބްރިޓީންގެ ފަރާތުން ފެންނަ ޕޯސްޓުތަކަކީ އެ ފަރާތްތަކަށް ދޭ ހަދިޔާއެއްކަމަށް ދެކުނު ނަމަވެސް ހަގީގަތަކީ އެއީ މުޅީންވެސް އެކި ބްރޭންޑްތަކާއެކު ކުރެވޭ މުއާމަލާތްތަކެވެ. އެގޮތުން ކްރިކެޓް ކުޅުންތެރިޔާ އަދި ބަތަލާ އަނުޝްކާގެ ފިރިމީހާ ވިރާޓް ކޮލީއަށް އިންސްޓަގްރާމްގައި ކުރާ އެންމެ ޕޯސްޓަކުންވެސް 3.5 ނުވަތަ ފަސް ކްރޯޑް ރުޕީސްއާ ދެމެދު އަދަދަކަށް ފައިސާ ލިބެއެވެ.

އިންސްޓަގްރާމްއިން ލިބޭ އާމްދަނީގެ އަދަދު އެކި ގިންތިއަށް ބެހިފައިވާއިރު ސެލެބްރިޓީއެއްގެ އެކައުންޓްގެ ސްޓޯރީއަކުން ލިބޭ އާމްދަނީއާއި ޕޯސްޓަކުން ލިބޭ އާމްދަނީއާވެސް ތަފާތުވެއެވެ. އަދި ބްރޭންޑަކާ ގުޅިގެން އިންސްޓަގްރާމްގައި މަސައްކަތް ކުރާނަމަ ލިބޭ އާމްދަނީގެ ޢަދަދު އެތައް ގުނައަކަށް މަތިވެއެވެ.

ވިރާޓް ކޮލީއަށްފަހު އިންސްޓަގްރާމް މެދުވެރިކޮށް ދެން އެންމެ ގިނަ އާމްދަނީ ލިބޭ ފަރާތަކީ ފިލްމީ ތަރި ޕްރިޔަންކާ ޗޯޕްރާއެވެ. ޕްރިޔަންކާއަށް އާމްދަނީގެގޮތުގައި 87.7 ކްރޯޑް ރުޕީސް ހަމައެކަނި އިންސްޓަގްރާމްއިން ލިބެއެވެ. މި ލިސްޓުގެ ތިންވަނައިން ޖާގަ ހޯދާފައިވާ ފިލްމީ ތަރި ޝްރަދާ ކަޕޫރަށް އިންސްޓަގްރާމް މެދުވެރިކޮށް 80.8 އާއި 1.5 ކްރޯޑް ރުޕީސްއާ ދެމެދުގެ އަދަދަކަށް ފައިސާ ލިބޭއިރު ލިސްޓުގެ ހަތަރު ވަނައިގައި ވަނީ ޒުވާން ފިލްމީ ތަރި އާލިއާ ބަޓްއެވެ. އާލިއާއަށް އިންސްޓަގްރާމް މެދުވެރިކޮށް 77.4 އާއި 1.5ކްރޯޑް ރުޕީސްއާ ދެމެދަކަށް އާމްދަނީ ލިބެއެވެ. ބަތަލާ ދިޕިކާ އާއި ކެޓްރީނާ ކައިފް ވެސް ވެފައިވަނީ އިންސްޓަގްރާމް މެދުވެރިކޮށް ގިނަ އަދަދަކަށް ފައިސާ ހޯދާ ފިލްމީތަރިންނަށެވެ.

comment ކޮމެންޓް