ޑޮކްޓަރުންގެ ޓީމަކާ އެކު އެސްއެސްޓީވީން މެޑިކަލް ސީރީޒްއެއް ފަށަނީ

ސިއްޙީ ދާއިރާއަށް ހާއްސަ ޓީވީ ޝޯއެއް ގެނެސްދިނުމަށް އެސްއެސްޓީވީ އާއި ޑރ. މުހައްމަދު އަލީ އަދި ޑރ. ފާތިމަތު މުފްލިހާ އާއެކު ސޮއިކުރި އެއްބަސްވުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ސިއްޙީ ދާއިރާއަށް ޚާއްސަކޮށްގެން އެސްއެސްޓީވީ އާއި ޑރ. މުހައްމަދު އަލީ އަދި ޑރ. ފާތިމަތު މުފްލިހާ އާއެކު "ސިއްޙީ މައިޒާން"ގެ ނަމުގައި ޓީވީ ޝޯއެއް ގެނެސްދިނުމަށް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

"ސިއްޙީ މައިޒާން" އަކީ ތަފާތު އެކި ކަހަލަ ސިއްޙީ މައުލޫމާތުތައް ހިމެނޭހެން އެސްއެސްޓީވީން ޑރ. މުފްލިހާ އާއި ޑރ. މުހައްމަދު އަލީއާއެކު ގެނެސްދޭ ރިއާލިޓީ ޝޯއެކެވެ.

މި އެއްބަސްވުމުގައި އެސްއެސްޓީވީގެ ފަރާތުން ސޮއިކުރެއްވީ، ޗީފް ކޮންޓެންޓް އޮފިސަރު މުހައްމަދު ޒަހީނެވެ. އަދި ޑޮކްޓަރުންގެ ފަރާތުން ސޮއިކުރެއްވީ ޑރ. މުފްލިހާއެވެ.

މި އެއްބަސްވުމުގެ ދަށުން ސިއްހީ ދާއިރާއަށް ޚާއްސަ މައުލޫމާތުތަކެއް އެކުލެވޭ މި ޝޯ ކޮންމެ ހަފުތާއަކު ވެސް އެއް ރޭ އެސްއެސްޓީވީން ދައްކާނެއެވެ. މި ޝޯގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފަށާނެއެވެ.

ސިއްޙީ ދާއިރާއަށް ހާއްސަ ޓީވީ ޝޯއެއް ގެނެސްދިނުމަށް އެސްއެސްޓީވީ އާއި ޑރ. މުހައްމަދު އަލީ އަދި ޑރ. ފާތިމަތު މުފްލިހާ އާއެކު ސޮއިކުރި އެއްބަސްވުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ޑރ. މުފްލިހާ ވިދާޅުވީ، ޝޯގެ މަގުސަދަކީ ސިއްޙީ ދާއިރާއާ ގުޅޭ މުހިއްމު މައުލޫމާތުތަކެއް އާއްމުންނަށް ފޮރުކޮށްދިނުން ކަމަށެވެ. އަދި "ސިއްޙީ މައިޒާން" ޝޯއަކީ ތަފާތު ގޮތަކަށް، އާއްމުން ޝައުގުވެރިވާ މުހިއްމު އަދި ބޭނުންތެރި މައުލޫމާތުތަކެއް ފޯރުކޮށްދޭ ޝޯއަކަށް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެކި ކަހަލަ ބޭނުންތެރި ސިއްޙީ މައުލޫމާތު ދޭނެ މީގެ ތެރެއިން. ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންވެސް.،" އޭނާ ވިދާޅުވިއެވެ.

ސިއްޙީ ދާއިރާއަށް ހާއްސަ ޓީވީ ޝޯއެއް ގެނެސްދިނުމަށް އެސްއެސްޓީވީ އާއި ޑރ. މުހައްމަދު އަލީ އަދި ޑރ. ފާތިމަތު މުފްލިހާ އާއެކު ސޮއިކުރި އެއްބަސްވުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ޑރ. މުފްލިހާ ވިދާޅުވި ގޮތުގައި ސިއްޙީ މައިޒާނަކީ ބެލުންތެރިން ބައިވެރިކުރުވައިގެން ކުރިއަށްގެންދާ ޓީވީ ޝޯއަކަށް ވާނެއެވެ.

ޑރ. މުހައްމަދު އަލީ ވިދާޅުވީ، ސިއްޙީ ދާއިރާއާ ބެހޭ ގޮތުން ބޭރު ޓީވީ ޝޯތައް ގެނެސްދޭ ގޮތަށް ބޮޑެތި އަދި ފައިދާހުރި ޝޯއެއް ގެނެސްދޭން ބޭނުންވާ ކަމަށާއި، ސިއްޙީ މައިޒާނަކީ ވެސް ތަފާތު ދައްކާ އަދި ބޭނުންތެރި ޝޯއަކަށް ވާނެ ކަމަށް އުއްމީދުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސިއްޙީ ދާއިރާއަށް ހާއްސަ ޓީވީ ޝޯއެއް ގެނެސްދިނުމަށް އެސްއެސްޓީވީ އާއި ޑރ. މުހައްމަދު އަލީ އަދި ޑރ. ފާތިމަތު މުފްލިހާ އާއެކު ސޮއިކުރި އެއްބަސްވުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

މިކަމާ ގުޅިގެން އެސްއެސްޓީވީގެ ފަރާތުން ސީސީއޯ ޒަހީން ވަނީ މިފަދަ ބޭނުންތެރި ޓީވީ ޝޯއެއް ގެނެސްދިނުމަށް ޑރ. މުހައްމަދު އަލީ އަދި ޑރ. މުފްލިހާ ވެސް ގެންގުޅުއްވާ ޝައުގުވެރިކަމާއި ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ. އަދި "ސިއްޙީ މައިޒާން"އަކީ އާއްމުން ޝައުގުވެރިކުރުވާ، ބޭނުންތެރި އަދި ކާމިޔާބު ޓީވީ ޝޯއަކަށް ވާނެ ކަމަށް ޒަހީން ވިދާޅުވިއެވެ.

comment ކޮމެންޓް