ދެ މިލިއަން ލީޓަރުގެ ފެން ހިންދާލީ ފޯނު ނަގަން

ފޯނެއް ނެގުމަށްޓަކައި އިންޑިއާގެ ރިޒާވް އެއްގައި ހުރި ބޮޑު ފެން ގަނޑެއް ހިންދާލި މައްސަލައެއްގައި އެ ގައުމުގެ ސަރުކާރުގައި މަސައްކަތް ކުރާ މީހަކު ހޫނު ފެނަށް ވެއްޓިއްޖެއެވެ.

އިންޑިއާގެ ޗައްތިސްގަޅުގައި ހުންނަ ކޭރުކައްޓާ ޑޭމްއާ ގުޅިފައިވާ ރިޒައުވާ ނުވަތަ އާޓިފިޝަލް ކޯރެއްގެ ތެރެއަށް ވަނީ އެ ގައުމުގެ ކާއެއްޗެހީގެ އިންސްޕެކްޓަރެއް ކަމަށްވާ ރާޖޭޝް ވިޝްވާސްގެ ފޯނު ވެއްޓިފައެވެ. އޭނާ ގެންގުޅޭ ސެމްސަންގް ފޯނު ވެއްޓިފައިވަނީ މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުގައެވެ.

މައުލޫމާތު ލިބޭ ގޮތުގައި އޭނާގެ ފޯނު ކޯރަށް ވެއްޓިފައިވަނީ އޭނާގެ އެކުވެރިންނާ އެކު އެ ސަރަހައްދުގައި އުޅެނިކޮށެވެ. ފޯނު ވެއްޓުމާ އެކު އެ ފޯނު ނެގުމަށްޓަކައި ރާޖޭޝް ވަރަށް މަސައްކަތް ކުރިއެވެ. އެންމެ ފަހުން އޭނާގެ މަގާމުގެ ބޭނުންކޮށްގެން ކޯރުން ފެން ހިންދުމަށް މަސައްކަތް ކުރިއެވެ.

https://twitter.com/AnnuKaushik253/status/1662169319000662016?ref_src=twsrc%5Etfw

ކޯރުން ފެން ހިންދުމަށްޓަކައި އޭނާ ޑީސެލް ޕަމްޕެއް ކުއްޔަށް ހޯދިއެވެ. އޭނާ ކޯރުން ފެން ހިންދާފައިވަނީ ސަބް ޑިވިޝަނަލް އޮފިސަރެއްގެ ހުއްދައާ އެކުގައެވެ. މި ހުއްދަ އޭނާއަށް ލިބުނީ އެއީ ދަންނަ މީހަކަށް ވުމުންނެވެ.

އެންމެ ފަހުން އޭނާ ވަނީ ކޯރުން ދެ މިލިއަން ލީޓަރު ފެން ހިންދާފައެވެ. ހަތަރު ދުވަހުގެ ތެރޭގައި ފެން ހިންދައިގެން އެންމެ ފަހުން އޭނާ ވަނީ ފޯނު ނަގާފައެވެ.

އެ މައްސަލަ ކަމާ ބެހޭ ފަރާތްތަކާ ހަމައަށް ދިޔުމާ އެކު ރާޖޭޝް ވަނީ މިހާރު މަގާމުން ސަސްޕެންޑު ކޮށްފައެވެ. އޭނާ މަގާމުން ވަކި ކޮށްފައިވަނީ އިންޑިއާގައި ފެނަށް ދަތި ދުވަސްވަރެއްގައި އެތައް މިލިއަން ލީޓަރުގެ ފެން އިސްރާފުކުރުމާ ގުޅިގެންނެވެ. އަދި، މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންް ކުރުމަކީ ވެސް އޭނާ މަގާމުން ސަސްޕެންޝަނަށް ލީ ސަބަބެކެވެ.

comment ކޮމެންޓް