އުރީދޫ މޫލީގެ ''އެންމެ އަގުހެޔޮ ސޭލް'' ފަށައިފި

އުރީދޫ މޫލީގެ ޕޯސްޓަރެއް ---

އުރީދޫ މޯލްޑިވްސްގެ އީކޮމާސް ޕްލެޓްފޯމް މޫލީގެ "އެންމެ އަގުހެޔޮ ސޭލް" ފަށައިފިއެވެ.

އުރީދޫއިން ބުނީ މި ސޭލްގައި މަގްބޫލް ބްރޭންޑުތަކުގެ ސްމާޓުފޯނާއި އެކްސެސަރީޒް، 80 އިންސައްތައިގެ ޑިސްކައުންޓް ރޭޓުގައި ކަސްޓަމަރުންނަށް ގަތުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

މި ސޭލްގެ ތެރެއިން ކަސްޓަމަރުންނަށް މަގުބޫލު ބްރޭންޑްތަކުގެ ސްމާޓްފޯނާއި އެކްސެސަރީޒްތައް ގަތުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް މުޅިން ހިލޭ ޑެލިވަރީ ކޮށްދޭނެއެވެ.

ޖުލައި މަހުގެ ނިޔަލަށް ކުރިއަށްދާ މި ސޭލްގައި އައިފޯން، އެޕަލް ވޮޗް، އެއާޕޮޑްސް، ސެމްސަންގް ފޯނު އަދި ގަޑީގެ އިތުރުން ވާވޭގެ މަގުބޫލު ފޯނުތައް މޫލީ މެދުވެރިކޮށް ގަނެވޭނެއެވެ. މި ސޭލުގެ ދަށުން ލިބެންހުރި ޑިވައިސްތައް، މޫލީ ވެބްސައިޓް އަދި އުރީދޫ އެޕުގައި "މޫލީ އަގު ހެޔޮ ސޭލް" ސެކްޝަނުން ފެންނާނެއެވެ.

މި ސޭލްއަކީ ފޯނު، އެއާޕޮޑް ނުވަތަ ގަޑި އަޕްގްރޭޑް ކޮށްލަން ބޭނުންވާ ހުރިހާ ފަރާތްތަކަށް ވެސް ރަނުގެ ފުރުސަތަކަށް ވާނޭ ކަމަށް އުރީދޫން ބުންޏެވެ.

ފުޅާވަމުން އަންނަ، އޮންލައިންކޮށް ވިޔަފާރިކުރެވޭ ޕްލެޓްފޯމް، މޫލީ މެދުވެރިކޮށް ފުރިހަމަ ޑިޖިޓަލް ޝޮޕިންގ ތަޖުރިބާ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، އޮންލައިން ޕޭމަންޓް، އީޒީ ރިޓާންސް އަދި މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީގެ ޚިދުމަތް ވެސް މޫލީއިން ފޯރުކޮށްދެއެވެ.

މި ޕްލެޓްފޯމްގެ ޚާއްޞަ އަނެއްކަމަކީ، ކުދި ވިޔަފާރިތަކާއި އޮންލައިން ރީޓެއިލަރުންނަށް، ފަސޭހަކަމާއި އެކު ކުރިޔަށް ވުރެ ގިނަ ކަސްޓަމަރުންނާއި މުއާމަލާތް ކުރުމުގެ ފުރުޞަތު ފަހިވެގެންދިއުމެވެ.

މި ޚިދުމަތްތަކާއެކު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިޔަފާރިތަކުން ޕްރޮޑަކްޓުތައް ފޯރުކޮށްދިނުމުގެ ފުރުޞަތު ވަނީ ފަހިވެފައެވެ. ވިޔަފާރި އޮންލައިންކޮށް، އިތުރަށް ފުޅާކޮށް އަދި ގިނަ ކަސްޓަމަރުންނަށް ޚިދުމަތް ދޭން ބޭނުންވާ ކޮންމެ ފަރާތަކަށް ވެސް މޫލީން ވަނީ އެ ފުރުޞަތު ހުޅުވާލާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް