ހައިވޭގައި މީހަކު މަރުވި ހާދިސާ: ޕިކަޕުގައި ޖެހުނު ސައިކަލު ދުއްވީ ނުބައި ލޭނަކުން

ހުއްޓާފައި އޮތް ޕިކަޕެއްގައި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގެ ތެރެއިން--

މާލެ-ހުޅުމާލެއަ ހައިވޭގައި ފުލުހުންގެ ޕިކަޕްގައި ސައިކަލެއް ޖެހި ހިނގާދިޔަ ނުރައްކާތެރި އެކްސިޑެންޓުގައި، އެ ސައިކަލް ދުއްވާފައި ވަނީ ހަތަރު ފުރޮޅުލީ ލޭނުންކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ހައިވޭގައި ސައިކަލެއް ޕިކަޕެއް ޖެހި ހިނގި މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން މީހާ ވަނީ މަރުވެފައެވެ. މި ހާދިސާ ހިނގިކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ހޮނިހިރު ދުވަހުގެ މެންދަމު 00:04 ގައެވެ.

ފުލުހުން އޭރު ބުނީ އެކްސިޑެންޓުވި ސައިކަލު ދުއްވަން އިން 43 އަހަރުގެ ދިވެހި ފިރިހެން މީހާ ޓްރީޓޮޕް ހޮސްޕިޓަލަށް ފަރުވާދޭން ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ގޮތަށެވެ.

މި އެކްސިޑެންޓާ ގުޅޭގޮތުން ފުލުހުން މިރޭ ބުނީ، އެކްސިޑެންޓް ހިނގީ ހަލިމަގު (މާލެ-ހުޅުމާލެ ހައިވޭ)ގެ މާލެއިން ހުޅުމާލެއަށް ދާ ފަޅީގެ ހަތަރު ފުރޮޅުލީ އުޅަނދު ދުއްވުމަށް ހާއްސަކޮށްފައި އޮންނަ ލޭނުގައި މަގަށް ދަތިވާގޮތަށް ކާރެއް ހުއްޓިފައި އޮތުމުން، އެ ނެގުމަށް ފުލުހުންގެ ޕިކަޕެއް މަޑުކޮށްގެން އޮއްވައި، ބާރު ސްޕީޑުގައި ދުއްވާފައިވާ އައި ސައިކަލެއް އެ ޕިކަޕުގެ ފަހަތުގައި ޖެހިގެންނެވެ.

https://www.sun.mv/177957

ހުއްޓިފައި އޮތް ކާރު ނެގުމަށް ޕިކަޕު މަޑުކޮށްގެން އޮތީ ވެހިކަލް މަޑުކޮށްފައި އޮތްކަން އަންގައިދޭ ހަތަރު ސިގްނަލް ޖައްސައިގެން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ނެގި ކާރަކީ ހުކުރު ދުވަހުގެ ރޭ 20:07 އެހާކަންހާއިރު، ހުއްޓިގެން އެތަނުގައި ބާއްވާފައި އޮތް ކާރެކެވެ. ކާރު ނެގުމަށް ޕިކަޕް އައުމުގެ ކުރިން ވެސް ޓްރެފިކް ޕޮލިހުން ދިޔައީ އެތަނުގައި ދުއްވާއެއްޗެއް މަޑުކޮށްފައި އޮތްކަމުގެ ސިގްނަލް ދެމުންނެވެ. މިކަން އޭރު އެ ސަރަހައްދުން ދަތުރުކުރި "ސަން"ގެ ނޫސްވެރިންނަށް ފެނިފައިވެއެވެ.

comment ކޮމެންޓް