ބީއެމްއެލް މޮބައިލް ބޭންކިންއަށް 'ޓޫ ފެކްޓާ އޮތެންޓިކޭޝަން' ތައާރަފްކޮށްފި

ބެންކް އޮފް މޯލްޑިވްސްއިން ކަސްޓަމަރުންގެ ރައްކާތެރިކަމަށް އިތުރު ފިޔަވަޅެއްގެ ގޮތުން، މޮބައިލް އަދި އިންޓަނެޓް ބޭންކިން ލޮގިންތަކަށް ޓޫ ފެކްޓާ އޮތެންޓިކޭޝަން (2އެފްއޭ) ތައާރަފްކޮށްފިއެވެ.

އެ ބޭންކުން ބުނީ އާ އަޕްޑޭޓާއެކު، އިންޓަނެޓް ބޭންކިން ލޮގިން އަކީ ރަޖިސްޓްރީ ކޮށްފައިވާ ކަސްޓަމަރެއްގެ ލޮގިންއެއްކަން ކަށަވަރު ކުރުމަށް ސެކިއުރިޓީގެ އިތުރު ލޭޔަރެއް އިތުރުވާނެ ކަމަށެވެ.

އަޕްޑޭޓް ކުރުމުން އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިން އެޕްލިކޭޝަނަށް ލޮގިން ކުރުމަށް އަންގާ، ލޮގިން ޕްރޮސެސްގެ ދެވަނަ ފިޔަވަޅެއްގެ ގޮތުން ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) ޖަހަން ޖެހޭނެއެވެ.

އެއަށްފަހު އޮތެންޓިކޭޓާ އެޕް މެދުވެރިކޮށް ނުވަތަ ރަޖިސްޓްރީކޮށްފައިވާ މޯބައިލް ނަމްބަރަށް އޯޓީޕީ ފޮނުވޭނެއެވެ.

ޓޫ ފެކްޓާ އޮތެންޓިކޭޝަން ހޯދުމަށް، މިހާރު ބޭނުން ކުރާ އެޕްލިކޭޝަން އަޕްޑޭޓް ކުރުމަށް ބެންކުން ވަނީ އެދިފައެވެ.

comment ކޮމެންޓް