ސިޓީ ކައުންސިލުން ބޮޑު ޢީދު ދުވަހު މާލޭގައި 100 ބަކަރި ކަތިލަނީ

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ކުރިއަށް އޮތް ބޮޑު ޢީދު ދުވަހާ ދިމާކޮށް މާލެ ސިޓީ ކައުންސިލުން 100 ބަކަރި ކަތިލުމަށް ނިންމާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 103ވަނަ ރަސްމީ އާއްމު ޖަލްސާގައި ވާހަކަދައްކަވަމުން މޭޔަރު މުއިއްޒު ވިދާޅުވީ މި ހަރަކާތަކީ ވަރަށް ކުޑަ ގޮތަކަށް މިދިޔަ އަހަރު އުރީދޫ މޯލްޑިވްސްއާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެއް ނަމަވެސް މިއަހަރު އެއަށް ވުރެ ބޮޑުކޮށް އެ ހަރަކާތް ގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މާލެ ސިޓީ ކައުންސިލްގެ ރައްޔިތުންނަށް ބޮޑު އީދު ދުވަހު ހަދިޔާ ކުރުމަށް 100 ބަކަރިކަތިލުމަށް ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އެ ބައްދަލުވުމަށް ހާޒިރުވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުން އެ ހަރަކާތް ކުރިއަށްގެންދިޔުން ވަނީ ފަސްކޮށްފައެވެ.

މި އަހަރުގެ ބޮޑު އީދު ދުވަސް ޖޫން މަހުގެ 28 ވަނަ ދުވަހު ފާހަގަ ކުރަން ނިންމާފައިވާއިރު މި ހަރަކާތް ކުރިއަށް ގެންދިޔުމަށް ސްޕޮންސާގެ ގޮތުގައި ފައިސާގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ސިޓީ ކައުންސިލުން ފަށާފައެވެ.

comment ކޮމެންޓް