އަލިމަތާ ރިސޯޓުން ކަނޑަށް ކުނި އެޅުމުން ކުރި ޖޫރިމަނާގެ ބޮޑު އަދަދެއް ކުޑަކޮށްފި

އަލަމަތާ ރިސޯޓު --

ކަނޑަށް ކުނި އަޅައިގެން ޖޫރިމަނާކޮށްފައިވާ އަލިމަތާ ރިސޯޓުގެ ޖޫރިމަނާގެ ބޮޑު ބައެއް ދައްކަން ނުޖެހޭ ގޮތަށް ޖޫރިމަނާގެ އަދަދު އެންވަޔަރަަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ކުޑަކޮށްދީފިއެވެ.

އެ މައްސަލައިގައި އެ ރިސޯޓު ޖޫރިމަނާކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތިންވަަނަ ދުވަހެވެ. ޖޫރިމަނާކޮށްފައިވަނީ 312،750 ރުފިޔާއިންނެވެ.

އެއާއެކު އެ ރިސޯޓުންވަނީ އެންވަޔަރަމަންޓް މިނިސްޓްރީގައި އެ މައްސަލަ އިސްތިއުނާފްކޮށްފައެވެ.

މައްސަލަ ބެލުމަށްފަހު މިނިސްޓްރީންވަނީ ޖޫރިމަނާގެ އަދަދު އިސްލާހުކުރުމަށް އީޕީއޭއަށް އަންގައިފައެވެ.

އޭގެ ސަބަބެއްގެ ގޮތުގައި އެންވަޔަރަމަންޓް މިނިސްޓްރީން އީޕީއޭއަށް އަންގައިފައިވަނީ އެ ރިސޯޓުން ގަވައިދާ ޚިލާފަށް ކުނި އަޅައިފައިވާކަަން އަންގައިދޭ އެކަށީގެންވާ ލިޔެކިޔުން ނެތުމެވެ.

ހަމައެއާއެކު މިއީ އެ ރިސޯޓު ޖޫރިމަނާކުރި ފުރަތަމަ ފަަހަރުގެ ގޮތުގައިވުން ވެސް އެ މިނިސްޓްރީންވަނީ ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައެވެ.

އެހެންވެ އީޕީއޭއިން ނިންމީ އެ އަދަދު 45،000 ރުފިޔާއަށް ކުޑަކުރުމަށެވެ. އަދި އެ އަަދަދު ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ދެއްކުމަށް އީޕީއޭ އިން ވަނީ އަންގާފައެވެ.

އަދި ފަނާވާފަދަ ކުނި ނައްތައިލުމުގައި އަމަލުކުރާނެ ގޮތުގެ ޕްލޭނެއް ވެސް ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން އެ އެޖެންސީއަށް ހުށަހަޅަން ވެސް އީޕީއޭއިންވަނީ އަންގައިފައެވެ.

comment ކޮމެންޓް