ގިނަ އަދަދެއްގެ ރަނުގެ ގަހަނާ ވަގަށް ނަގައިގެން ތިމަރަފުށިން ފަސް މީހަކާ ކުއްޖަކު ހައްޔަރުކޮށްފި

ތ. ތިމަރަފުށީ ގެއަކުން ގިނަ އަދެއްގެ ރަނުގެ ގަހަނާ އާއި ކޮމްޕިއުޓަރު ސާމާނާއި ހިފާ ގެންގުޅޭ ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތަށް ހަ މީހަކު ހައްޔަރުކޮށް އޭގެ ތެރެއިން ބައެއް ތަކެތި ފުލުހުން ހޯދައި ވެރި ފަރާތާ ހަވާލުކޮށްފި އެވެ.

ތިމަރަފުށީ މަހުމާ ވިލާއިން މިމަހުގެ 16 ވަނަ ދުވަހުގެރޭ ވަގަށް ގެންދިޔަ ރަނާއި އެހެނިހެން ސާމާނުތަކުގެ މައްސަލައިގައި ހައްޔަރު ކުރީ ތިމަރަފުށީ ދިލާވަރުގޭ މުޙައްމަދު ޔާސިރު 21، އާއި އެރަށު ކޮނަންޓާ، އިބްރާހިމް ސަޢީދު 23، އާއި ޖޭޑް އިސްހާގު އަޙްމަދު 22، އާއި އާއި ބަށިމާގޭ އަޙްމަދު ރިފާޟް 21، އާއި ތަނޑިރަތްމާގޭ މުޙައްމަދު ވަޖީހު 26، އާއި 18 އަހަރުން ދަށުގެ ކުއްޖެކެވެ.

އެ ގެއިން ވަގަށް ނެގި ތަކެތީގެ ތެރެއިން ބައެއް ތަކެތި ފުލުހުން ހޯދާފައިވަނީ ވަގަށް ނެގުމަށްފަހު އެހެން ބަޔަކަށް ވިއްކާލާފައިވަނި ކޮށެވެ. ފުލުހުން ހޯދި މިތަކެތީގެ ތެރޭގައި ދެ ރަން ފަށާއި، އަތުއަޅާ އާއި ރަންކެވެލިކޮޅާއި، ކަންފަތުލާ ރަން މުންޖަކާއި އަތުގައަޅާ ރަންތަނޑިއަކާއި، ކޮމްޕިޔުޓަރު މޮނިޓަރެއްގެ އިތުރުން ރެމްއަކާއި ސީޑީ ރޮމްއެއް ހިމެނެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު