ސަސްޕެންޝަނަށް ފަހު ވެމްކޯގެ އެމްޑީ ވަޒީފާއަށް ނިކުންނަން ފަށައިފި

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު --- ސަންފޮޓޯ/ މުޙައްމަދު ޙައްޔާން

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ މެނޭޖިން ޑިރެކްޓަރު، ޔޫސުފް ސިރާޖު، ދެ ހަފުތާގެ ސަަސްޕެންޝަނަށްފަހު އަލުން ވަޒީފާއަށް ނިކުންނަށް މިއަދު ފައްޓަވައިފިއެވެ.

ވެމްކޯގެ އިސް އޮފިޝަލަކު "ސަން"އަށް ވިދާޅުވީ މިއަދުން ފެށިގެން ސިރާޖު އޭނާގެ މަގާމުގެ މަސައްކަތްތައް ކުރުމާ ހަވާލުވެފައިވާ ކަމަށެވެ.

އޭނާ ދެ ހަފުތާގެ މުއްދަތަކަށް ސަސްޕެންޑުކުރީ މުސާރައާއި އިނާޔަތްތައް ހިނގާ ގޮތަށެވެ.

ސިރާޖުގެ ސަސްޕެންޝަނާ ގުޅިގެން ގުޅޭގޮތުން މީގެ ކުރިން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ބުނީ، ވެމްކޯ ބޯޑު މެދުވެރިކޮށް ޕީސީބީން ބަލަމުން ދަނީ، ގަވާނަންސްއާ ގުޅޭ މެނޭޖްމަންޓުގެ މައްސަލައެއް ކަމަށެވެ.

އަދި އޭރު އޭނާ ސަސްޕެންޑު ކުރީ އެއީ މައްސަލަ ބެލުމަށް އެންމެ ރަނގަޅު ގޮތްކަމަށް ފެންނާތީ ކަމަށެވެ.

މި މައްސަލައިގެ ތަހުގީގާ ގުޅުންހުރި މައުލޫމާތު އޮފިޝަލް ހާމަނުކުރައްވައެވެ. ނަމަވެސް އަދިވެސް އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް