ފައިނަލުގެ ފުރަތަމަ ޖާގަ ހިރިޔާއަށް

ފިލިޕް ގޯގިއާ ޓުވެންޓީ ޓުވެންޓީ ކުރިކެޓް މުބާރާތުގެ ފައިނަލަށް ހިންނަވަރު ހިރިޔާ ދަތުރު ކޮށްފި އެވެ.

ހިރިޔާ ފައިނަލަށް ދަތުރު ކުރީ އިއްޔެ ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗުގައި ވެސްޓް ސްޕޯޓްސްއާ ވާދަކޮށް، ހަ ވިކެޓުން މެޗް ކާމިޔާބު ކޮށްގެންނެވެ.

އިއްޔެ މެޗުގެ ޓޮސްލިބުމުން ވެސްޓު ކުޅެންއަރާ ހަތް ކުޅުންތެރިން ނުބައިވެގެން 20 އޯވަރުގެތެރޭގައި ހެދުނީ 101 ލަނޑެވެ. އަދި މެޗުގައި އެންމެ ރަނގަޅަށް ކުޅުނީ 20 ލަނޑު ހެދި އިބްރާހިމް އަލީ އާއި 16 ލަނޑުހެދި ފާޒިޒް ސަމަދުއެވެ. އަދި ރިޔާ ޓީމުން އެންމެ ރަނގަޅަށް އުކީ 7 އޯވަރުގެ ތެރޭގައި 17 ލަނޑަށް ތިން ވިކެޓްނެގި އަހްމަދު އަމީލުއެވެ.

ޖަވާބުގައި ހިރިޔާ އިއްޔެ ކުޅެންއަރާ 12 އޯވަރުގެތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން 102 ލަނޑު ހެދިއެވެ.

މެޗުގައި އެންމެ ރަނގަޅަށްކުޅުނީ 28 ލަނޑުހެދި ސަފްރާޒް ޖަލީލާއި 13 ލަނޑުހެދި ހަސަން ހާޒިގުއެވެ. އަދި ވެސްޓުން އެންމެ ރަނގަޅަށް އުކީ ދެ ވިކެޓްނެގި ޕްރަދީޕްއެވެ
.
މުބާރާތުގެ ދެ ވަނަ ސެމީ ފައިނަލުގައި މިއަދު މެންދުރު ފަހު 2:30 ގައި ބައްދަލުކުރާ ދެޓީމަކީ މާލޭ ސްޕޯޓްސް އާއިއެމް އެސް ސްޕޯޓްސް އެވެ. އަދި މިއަދުގެމެޗުން މޮޅުވާ ޓީމެއް ފައިނަލްގައި އަންނަ އާދިއްތަ ދުވަހު ބައްދަލުކުރާނީ ހިރިޔާއާ ދެކޮޅަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު