އަށް މެޑަލްއާ އެކު ޒުވާން ޓީޓީ ޓީމު ރާއްޖެ އަތުވެއްޖެ

އެސްއޭޖޭސީޓީޓީސީގައި ވާދަކުރި ރާއްޖޭގެ ޒުވާން ޓީޓީ ޓީމު -- ފޮޓޯ/ ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް

ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް (އެސްއޭޖޭސީޓީޓީސީ) 2023 ގައި ރާއްޖޭގެ ޒުވާން ޓީޓީ ޓީމުން ހޯދި އަށް މެޑަލްއާ އެކު އެނބުރި ރާއްޖެ އަތުވެއްޖެއެވެ.

މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ފަސް ދުވަހުގެ ނިޔަލަށް އިންޑިއާގައި ކުރިއަށް ގެންދިޔަ އެސްއޭޖޭސީޓީޓީސީގައި ރާއްޖޭގެ ޓީމުން ވަނީ ދެ ރިހި މެޑަލް އާއި ހަ ލޯ މެޑަލް ހޯދައިފައެވެ. ޓީޓީއަކީ ބައިނަލްއަޤްވާމީ މުބާރާތްތަކުން ރާއްޖެއަށް އެންމެ ގިނަ މެޑެލް ހޯދައިދޭ ކުޅިވަރެވެ.

މިއަދު މެންދުރު އެ ޓީމު ރާއްޖެ އައުމާ އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އިން އެ ކުޅުންތެރިންނަށް މަރުހަބާ ދެންނެވީ ކޮމިޝަނަރު އޮފް ސްޕޯޓްސް އަހުމަދު ސަލީމާއި ޔޫތު މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އަލީ ޝަމީމެވެ.

އެ މުބާރާތުގައި ރާއްޖެއިން ހޯދި އަށް މެޑަލްގެ ތެރެއިން ރާއްޖޭގެ އެއް ނަންބަރު ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ވަނީ ހަތަރު މެޑަލް ހޯދައިފައެވެ. އެއީ ޖޫނިއާ ޓީމު އިވެންޓުން ހޯދި ލޯ މެޑަލްގެ އިތުރުން މިކްސް ޑަބަލްސް އިވެންޓުން ހޯދި ރިހި މެޑަލް އާއި ޑަބަލްސް އިވެންޓުން ހޯދި ރިހި މެޑަލް އަދި ސިންގަލްސް އިވެންޓުން ހޯދި ލޯ މެޑެލްއެވެ.

އެ މުބާރާތުގައި ރާއްޖެއިން ލޯ މެޑަލް ހޯދީ ފިރިހެނުންގެ ޖޫނިއާ ޓީމު އިވެންޓާއި އަންހެނުންގެ ޖޫނިއާ ގާލްސް އިވެންޓާއި ފިރިހެނުންގެ ޖޫނިއާ ޑަބަލްސް އިވެންޓާއި ފިރިހެނުންގެ ކެޑޭޓް ޑަބަލްސް އިވެންޓާއި އަންހެނުންގެ ކެޑޭޓް ޑަބަލްސް އިވެންޓުގެ އިތުރުން ދީމާ ވާދަކުރި އަންހެނުންގެ ސިންގަލްސް އިވެންޓުގައެވެ. އަދި، ރިހި މެޑަލް ހޯދާފައިވަނީ ޖޫނިއާ މިޑްސް ޑަބަލްސް އިވެންޓާއި އަންހެނުންގެ ޖޫނިއާ ޑަބަލްސް އިވެންޓުގައެވެ.

މުބާރާތުގައި ވާދަކުރި ރާއްޖޭގެ ޓީމު:

ފިރިހެނުންގެ ޖޫނިއާ ކެޓަގަރީ
އަޚްޔާރު އަހުމަދު ހާލިދު
މުހައްމަދު ތަބިން ސުޖާއު
ޒީކް ހަސަން ލަތީފް
އުމީރު މުހައްމަދު މުއިއްޒރު

އަންހެނުންގެ ޖޫނިއާ ކެޓަގަރީ
ފާތިމަތު ދީމާ އަލީ
މިޝްކާ މުހައްމަދު އިބްރާހިމް
މަލާކް ބިންތި މުއިއްޒު
އާއިޝަތު ޒާރާ ޝާހިލް

ފިރިހެނުންގެ ކެޑޭޓް ކެޓަގަރީ
އުމީރު މުހައްމަދު މުއިއްޒު
އައުން އިބްރާހިމް ލަތީފް
މުހައްމަދު ޒާއިމް އަހުމަދު

އަންހެނުންގެ ކެޑޭޓް ކެޓެގަރީ
މިޝްކާ މުހައްމަދު އިބްރާހިމް
އާއިޝަތު ޒާރާ ޝާހިލް
އައިޝަތު އަލްސާ ނާފިޒް

comment ކޮމެންޓް