މޯލްޑިވިއަން އިން ދަރަވަންދޫގެ ދަތުރުތަކަށް އެންމެ 840 ރުފިޔާ

މޯލްޑިވިއަން ގެ ފްލައިޓެއް

މޯލްޑިވިއަން އިން ދަރަވަންދޫއަށް އަލުން ދަތުރުތައް ފަށަން ނިންމާފައިވާއިރު، ޕްރޮމޯޝަނަލް ދަތުރުގެ ޓިކެޓުގެ އަގަކީ 840 ރުފިޔާކަމަށް އެކުންފުނިން ނިންމައިފިއެވެ.

މޯލްޑިވިއަން އިން ދަރަވަންދޫއަށް އަލުން ދަތުރުތައް ފަށަން ނިންމާފައިވަނީ އެ އެއާޕޯޓަށް ކުރިން ކުރަމުން އައި ދަތުރުތައް 2019 ވަނަ އަހަރު ހުއްޓާލިފަހުންނެވެ. އެގޮތުން އެ އެއާޕޯޓަށް ކުރާ ދަތުރުތަކުގެ ތެރެއިން ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށް ކުރާ ދަތުރުތަކުގެ އަގަކީ 840 ރުފިޔާ ކަމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ.

"ސަން" އާ ވާހަކަދައްކަވަމުން މޯލްޑިވިއަންގެ ޕީއާރް އެންޑް ކޮމިއުނިކޭޝަން އަހްމަދު މުޝްއިލް ވިދާޅުވީ މޯލްޑިވިއަން އިން ދަރަވަންދޫއަށް އަލުން ދަތުރުތައް ފެށުމާ ގުޅިގެން، ޕްރޮމޯޝަނަލް ފެއާއެއްގެ ގޮތުގައި 840 ރުފިޔާއަށް ދަތުރުކުރަން ނިންމާފައިވާ ކަމަށެވެ.

މުޝްއަލް ވިދާޅުވީ 840 ރުފިޔާއަށް ޓިކެޓުތައް ލިބޭނީ ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އެރަށަށް މޯލްޑިވިއަން އިން ދަތުރުތައް ފެށުމަށް ނިންމާފައިވަނީ ޖޫން މަހުގެ 15 އިން ފެށިގެންނެވެ.

"މިއީ މިހާރުގެ މާކެޓުގެ އެންމެ އަގު ހެޔޮ ޓިކެޓު. ދަރަވަންދޫގެ ދަތުރުތަކުގައި ބޭނުންކުރާނީ މިކޮޅުގެ އެންމެ ފަހުގެ [އޭޓީއާރް މަރުކާގެ] ބޯޓުތައް،" މުޝްއަލް ވިދާޅުވިއެވެ.

840 ރުފިޔާއަށް ޖޫން 30 ގެ ނިޔަލަށް ދަތުރުކުރެވުނު ނަމަވެސް، އެ އެއާޕޯޓަށް ދަތުރު ކުރުމުގެ އަސްލު އަގަކީ 1،126 ރުފިޔާއެވެ. އެހެން ނަމަވެސް، ދުރާލާ ޓިކެޓު ނަގާ ނަމަ އެ އެއާޕޯޓަށް ދަތުރުކުރެވޭ އަގުވެސް އަގުހެޔޮ ވާނެއެވެ.

މޯލްޑިވިއަން އިން ދުރާލާ ޓިކެޓް ނެގުމުން ފަސް ޕަސެންޓާއި 15 ޕަސެންޓުގެ ޑިސްކައުންޓް ލިބޭނެއެވެ. މިފަދަ ޓިކެޓުތަކުގެ ގޮތުގައި ލިބޭނީ ފްލައިޓުގެ ފަސް ޕަސެންޓާއި ދިހަ ޕަސެންޓުގެ ސީޓުތަކަށެވެ.

comment ކޮމެންޓް